Advertisement

ލެވަންޑޯސްކީ އަށް ސައުދީ ލީގުން 100 މިލިއަން ޑޮލަރުގެ އޮފާއެއް: ރިޕޯޓް

26 މާރިޗު 2024 - 08:14 0


ލެވަންޑޯސްކީ އަށް ސައުދީ ލީގުން 100 މިލިއަން ޑޮލަރުގެ އޮފާއެއް: ރިޕޯޓް

26 މާރިޗު 2024 - 08:14 0

ބާސެލޯނާ (މާޗް 26) - ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑް ގައުމީ ޓީމުގެ ސްޓްރައިކަރު، ރޮބަޓް ލެވަންޑޯސްކީ އަށް ސައުދީ ޕްރޯ ލީގުގެ ކްލަބަކުން 100 މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން، މި ސީޒަން ނިމުމުން ބާސެލޯނާ އިން ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކަތުގެ ތެރޭގައި، އާ ކުޅުންތެރިން ހޯދަން ޓްރާންސްފާ ބަޖެޓް އިތުރު ކުރުމުގެ ގޮތުން، ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި ވަނީ، އުމުރުން 35 އަހަރުގެ ލެވަންޑޯސްކީގެ ނަން ވެސް ހިމަނައިފަ އެވެ.

ސްޕެއިނުގެ ނޫހެއް ކަމަށްވާ މުންޑޯޑިޕޯޓިވޯ އިން ރިޕޯޓްކުރާ ގޮތުގައި، ސައުދީ ޕްރޯ ލީގުގެ ދެ ކްލަބަކުން ލެވަންޑޯސްކީ އަށް ފާރަލަ އެވެ. އޭގެ ތެރެއިން އެއް ކްލަބުން އޮތީ ލެވަންޑޯސްކީގެ ސޮއި ހޯދަން 100 މިލިއަން ޑޮލަރު ހަރަދުކުރަން ވެސް ތައްޔާރަށެވެ.

ރިޕޯޓްތައް ބުނާގޮތުން، އެއީ އަލް ހިލާލް ނޫނީ އަލް އިއްތިހާދު ތެރެއިން ޓީމެކެވެ.

އެކަމަކު، ޕޮލެންޑްގެ ނޫހެއްގައިވާ ރިޕޯޓްތައް ބުނާގޮތުން، ލެވަންޑޯސްކީގެ ވިސްނުމަކީ، ކެރިއަރުގެ ދެން ބާކީ ހުރި މުހިންމު އަހަރުތައް ބާސެލޯނާގައި ހޭދަކުރުމެވެ. އެ ގޮތުން، 2026 ގެ ޖޫން މަހުގެ ނިޔަލަށް ބާސެލޯނާއާ އެކު ލެވަންޑޯސްކީ ހަދާފައިވާ ކޮންޓްރެކްޓްގެ އިތުރުން ވެސް އެ ޓީމުގައި މަޑުކުރަން ލެވަންޑޯސްކީ ބޭނުންވެ އެވެ.

ކުރިން ބޮރޫޝިއާ ޑޯޓްމަންޑާއި ބަޔާން މިއުނިކަށް ކުޅެފައިވާ ލެވަންޑޯސްކީ ވަނީ މި ސީޒަނުގައި ބާސެލޯނާ އަށް ކުޅެދިން 39 މެޗުން އެ ޓީމަށް 20 ލަނޑު ޖަހައިދީ، ނުވަ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.