Advertisement

އިންޑިއާ ސިފައިން އަތުލައިގަތް 35 ކަނޑުފޭރޭ މީހުންގެ ބަންދު އިތުރުކޮށްފި

26 މާރިޗު 2024 - 09:07 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހައްޔަރުކުރި ސޯމާލިއާ ކަނޑުފޭރޭ މީހުން މުމްބާއީއަށް ގެންދިޔުން: ކޯޓުން ވަނީ ބަންދުގެ މުއްދަތު އިތުރުކޮށްދީފައި -- ފޮޓޯ: އޭޕީ


އިންޑިއާ ސިފައިން އަތުލައިގަތް 35 ކަނޑުފޭރޭ މީހުންގެ ބަންދު އިތުރުކޮށްފި

26 މާރިޗު 2024 - 09:07 0

އިންޑިއާ ސިފައިން އަތުލައިގަތް ސޯމާލިއާގެ 35 ކަނޑުފޭރޭ މީހުންގެ ބަންދު ކޯޓުން އިތުރުކޮށްދީފި އެވެ.

މުމްބާއީގެ ކޯޓަކަށް ކަނޑު ފޭރޭ މީހުން ހާޒިރު ކުރުމުން ވަނީ ބަންދުގެ މުއްދަތު އެޕްރިލް 4، ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފަ އެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި ހައިޖެކް ކޮށްފައިވާ ބަލްގޭރިއާގެ "އެމްވީ ރުއެން" ނަމަކަށް ކިޔާ އާގު ބޯޓު ސަލާމަތްކޮށް، އޭގައި ތިބި 35 ކަނޑުފޭރޭ މީހުން ހައްޔަރުކުރީ މާޗު 17، ގަ އެވެ.

އިންޑިއާ ކަނޑުން ހައިޖެކްކުރި މި ބޯޓުން ހައްޔަރުކުރި ކަނޑުފޭރޭ މީހުންގެ މައްޗަށް ގަސްތުގައި މީހަކު މަރާލަން އުޅުނުކަމުގެ ތުހުމަތާއި، ރަހީނު ކުރި ކަމުގެ ތުހުމަތުގެ އިތުރުން އެހެން ތުހުމަތުތައް ކުރެ އެވެ.

ބޯޓު ހައިޖެކްކުރި ކަނޑުފޭރޭ މީހުން ވަނީ 60 މިލިއަން ޑޮލަރު ހޯދުމަށް ޝަރުތުކޮށް، ބިރުވެސް ދައްކާފަ އެވެ.

އިންޑިއާގެ ކަނޑުގެ ސިފައިން ބުނީ 40 ގަޑިއިރު ހިންގި އޮޕަރޭޝަނުގައި ބޯޓުގައި ތިބި 17 ފަޅުވެރިން ވަނީ ސަލާމަތް ކޮށްފަ އެވެ.