Advertisement

އިންޑިއާ އިންތިހާބު: ދެވަނަ ފޭހުގައި 88 ގޮނޑިއަކަށް މެމްބަރުން ހޮވަން ވޯޓުލައި ނިންމައިފި

27 އޭޕްރީލް 2024 - 12:38 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާ އާންމު އިންތިހާބުގެ ދެވަނަ ފޭސްގައި ވޯޓުލުން -- ފޮޓޯ: ޕީޓީއައި


އިންޑިއާ އިންތިހާބު: ދެވަނަ ފޭހުގައި 88 ގޮނޑިއަކަށް މެމްބަރުން ހޮވަން ވޯޓުލައި ނިންމައިފި

27 އޭޕްރީލް 2024 - 12:38 0

އިންޑިއާގެ އާންމު އިންތިހާބުގައި ދެވަނަ ފޭސްގައި 88 ގޮނޑިއަކަށް މެމްބަރުން ހޮވަން ވޯޓުލައި ނިންމައިފި އެވެ.

ދެވަނަ ފޭސްގައި 13 ސްޓޭޓެއްގައި ވޯޓުލީއިރު ވޯޓުލީ މީހުންގެ ނިސްބަތް ބައެއް ސްޓޭޓުތަކުގައި ގިނައިރު އެހެން ސްޓޭޓުތަކުގައި ވޯޓުލީ މިހުންގެ އަދަދު މަދެވެ.

މިގޮތުން ވޯޓުލީ ސްޓޭޓުތަކުގެ ތެރެއިން އެންމެ ގިނައިން ވޯޓުލާފައި ވަނީ 78.53 ޕަސަންޓާއެކު ޓްރިޕޫރާއަށް ކަމަށްވާއިރު، އެންމެ މަދުން ވޯޓުލާފައި ވަނީ 53.71 ޕަސަންޓާއެކު އުއްތަރު ޕްރަދޭޝް އަށެވެ.

އިންތިހާބުގެ ފުރަތަމަ ފޭސްއެކޭ އެއްގޮތަށް ދެވަނަ ފޭސްގައި ވެސް ވޯޓުލައި ނިންމާފައި ވަނީ އޮމާން ކަމާއެކުގަ އެވެ.

އެޕްރިލް، 19 ގައި އިންތިހާބުގެ ފުރަތަމަ ފޭސްގައި 21 ސްޓޭޓަކުން 102 ގޮނޑިއަށް ވޯޓުލައި ވަނީ ނިންމާފަ އެވެ.

ހަތް ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންތިހާބުގައި ވޯޓުލައި ނިމޭނީ ޖޫން، 1 ގަ އެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ ޖޫން، 16 ގަ އެވެ.

އިންތިހާބުގައި 967 މިލިއަނެއްހާ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، 5.5 މިލިއަން ވޯޓިން މެޝިން ބޭނުން ކުރެ އެވެ.