Advertisement

އެވަރެސްޓް އަދި އެމްޑީއެޗް ބްރޭންޑުގެ ހަވާދު ރާއްޖޭގައި ވިއްކުން މަނާކޮށްފި

27 އޭޕްރީލް 2024 - 17:12 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެވަރެސްޓް އަދި އެމްޑީއެޗް ބްރޭންޑުގެ ހަވާދު ރާއްޖޭގައި ވިއްކުން މަނާކޮށްފި

27 އޭޕްރީލް 2024 - 17:12 0

އިންޑިއާގެ އުފެއްދުމެއް ކަމަށްވާ "އެވަރެސްޓް" އަދި "އެމްޑީއެޗް" ބްރޭންޑުގެ ހަވާދު ރާއްޖޭގައި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަނާކޮށްފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ ދެ ބްރޭންޑުގެ ހަވާދުގައި "އެތިލިން އޮކްސައިޑް" ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބޭތީ، އެ ބްރޭންޑުތަކުގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.

އެތިލިން އޮކްސައިޑްއަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުން ކުރާ ކަމިކަލަކަށްވާއިރު، ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަށްޓަކައި އެ ކެމިކަލް ކެމިކަލް ކާބޯޓަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވޭ ކަމެއް ނޫނެވެ.

އެވަރެސްޓް އަދި އެމްޑީއެޗް ބްރޭންޑުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް" ހުރިކަމަށް ބުނެ ސިންގަޕޫރު ފުޑް އެޖެންސީ އަދި ހޮންގްކޮންގްގެ ސެންޓަ ފޯ ފުޑް ސޭފްޓީއިން ވަނީ އެ އުފެއްދުން ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފައިކަން ވެސް އެމްއެފްޑީއޭއިން ވަނީ ފާހަގަކޮށްފަ އެވެ.

އެމްއެފްޑީއޭއިން ބުނީ އެ ބްރޭންޑުތަކުގެ ހަވާދަކީ ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރާ ހަވާދެއް ކަމަށާއި، ރާއްޖެއަށް އެތެރެކުރާ އެ ބްރޭންޑުގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމްއެފްޑީއޭގެ ނަންބަރު 3014361 ނުވަތަ 7603204 އަށް ގުޅުމަށް އެ އޮތޯރިޓީއިން އެދެ އެވެ.