Advertisement

އެމެރިކާގެ ކޯޓުން ޓްރަމްޕުގެ މުދާތައް ހިފެހެއްޓުން ހުއްޓުވައިފި

26 މާރިޗު 2024 - 09:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު: މުދާތައް ހިފަހައްޓަން ކުރި އަމުރު ވަނީ ހުއްޓުވާފައި -- ފޮޓޯ: އޭޕީ


އެމެރިކާގެ ކޯޓުން ޓްރަމްޕުގެ މުދާތައް ހިފެހެއްޓުން ހުއްޓުވައިފި

26 މާރިޗު 2024 - 09:09 0

އެމެރިކާގެ ނިއުޔޯކް ކޯޓުން އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މުދާތައް ހިފަހައްޓަން ކުރި އަމުރު ހުއްޓުވައިފި އެވެ.

ނިއުޔޯކް ކޯޓުގައި ކުރިޔަށްދިޔަ އިސްތިއުނާފް އަޑުއެހުމުގައި ވަނީ މަކަރާއި ހީލަތް ހެދުމުގެ ދައުވާއާ ގުޅިގެން ޓްރަމްޕުގެ މައްޗަށް 454 މިލިއަން ޑޮލަރު ދެއްކުމަށް ކުރި ހުކުމުގައިވާ ފައިސާ 175 މިލިއަން ޑޮލަރަށް ކުޑަކޮށް، 10 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އަމުރުކޮށްފަ އެވެ.

ނިއުޔޯކް ކޯޓުން މިގޮތަށް ނިންމާފައި ވަނީ ކުރީގެ ހުކުމާ އެއްގޮތަށް ޓްރަމްޕުގެ މުދާތައް ހިފަހައްޓަން ކަމާބެހޭ ފަރާތްތަކުން މަސައްކަތް ފަށަން އުޅެނިކޮށެވެ.

ކޯޓުގެ ނިންމުމާ ގުޅިގެން ޓްރަމްޕު ވިދާޅުވީ، ކުރިޔަށް އޮތް 10 ދުވަސް ތެރޭގައި ކޯޓަށް ފައިސާ ދައްކަން ކުރަން ޖެހޭ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ޓްރަމްޕަށް ލިބިވަޑައިގަންނަވާ އާމްދަނީ އޮޅުވާލުމާ ގުޅޭ މި މައްސަލައިގައި އެ މަނިކުފާނުގެ މައްޗަށް 354.9 މިލިއަން ޑޮލަރު އަދި އިންޓްރެސްގެ ގޮތުގައި 98.6 މިލިއަން ޑޮލަރު ދެއްކުމަށް އަމުރު ކުރި އެވެ.

ޓްރަމްޕްގެ މައްޗަށް ކުރި ދައުވާގައި ތުހުމަތު ކޮށްފައި ވަނީ އެ މަނިކުފާނުގެ އާއިލީ ވިޔަފާރިން ލިބޭ އާމްދަނީ އޮޅުވާލައި، ބޭންކްތަކަށް އޮޅުވާލައިގެން ލޯނު ހޯދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ.