Advertisement

މަޖިލިސް އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފި

25 މާރިޗު 2024 - 21:52 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރާއްޖޭގައި ބޭއްވި އިންތިހާބެއްގައި ވޯޓު މަރުކަޒެއްގައި ތަތްކޮށްފައިވާ ވޯޓުލާ މީހުންގެ ލިސްޓުގެ ކަރުދާހެއް: ފައިނަލް ވޯޓާސް ލިސްޓް އާންމުކޮށްފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މަޖިލިސް އިންތިހާބުގެ ފައިނަލް ވޯޓާސް ލިސްޓު އާންމުކޮށްފި

25 މާރިޗު 2024 - 21:52 0

އަންނަ އޭޕްރީލް މަހު 21، ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިރޭ އާންމުކޮށްފި އެވެ.

އެ ލިސްޓު ފެންނަން ހުރީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އަދި، ކޮމިޝަނުގެ ވެބްސައިޓުގަ އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284,663 މީހުނަށް ލިބެ އެވެ. އެއީ 145,302 ފިރިހެނުންނާއި 139,361 އަންހެނުންނެވެ.

އަންނަން އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބު ފުރަތަމަ ތާވަލުކުރީ މާޗު 17 އަށެވެ. ނަމަވެސް، އެއްވެސް އިންތިހާބެއް ރޯދައިގެ ތެރޭގައި ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެން، އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާނެ އާ ތާރީހެއް ކަނޑައަޅާފަ އެވެ.

މި ފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.

މީގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ރާއްޖޭގެ ހުރިހާ ދާއިރާއަކަށް އެއްވެސް ޕާޓީއަކުން ވާދައެއް ނުކުރެ އެވެ. އެމްޑީޕީގެ 89 ކެންޑިޑޭޓުން އަދި ސަރުކާރު ހިންގާ ޕީއެންސީން 90 ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެ އެވެ.