Advertisement

މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަން ފަށައިފި

25 އޭޕްރީލް 2024 - 16:39 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރަން ފަށައިފި

25 އޭޕްރީލް 2024 - 16:39 0

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ފަށައިފި އެވެ.

އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނި ގޮތުގައި ރަސްމީ ނަތީޖާ އިއުލާންކުރަން ފެށީ އިންތިހާބާ ގުޅިގެން ބޮޑު މައްސަލައެއް ދިމާވެފައި ނުވުމާއި، އަދި އަލުން ވޯޓު ފޮށްޓެއް ގުނަަން ޖެހޭ ހާލަތެއް މެދުވެރިވެފައި ނުވާތީ އެވެ.

މަޖިލީހުގެ އިންތިހާބުގައި 93 ދާއިރާއަށް މެންބަރުން އިންތިހާބު ކުރިއިރު، ދާއިރާތަކަށް ޕާޓީތަކުން އަދި އަމިއްލަ ގޮތުން 368 ކެންޑިޑޭޓުން ވާދަކުރި އެވެ.

އިންތިހާބުގައި ވަނީ 602 ވޯޓު ފޮށި ބެހެއްޓި އެވެ. އެއީ ތެރޭގައި މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށްޓެވެ.

އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަންކުރާ ޕީއެންސީއިންނެވެ. އެގޮތުން ޕީއެންސީގެ ޓިކެޓުގައި ވާދަކުރި 66 ކެންޑިޑޭޓުން ގޮނޑި ކާމިޔާބުކުރި އެވެ.

ސަރުކާރުން ތާއީދު ދިން، ގޮނޑި ކާމިޔާބު ކުރި އަމިއްލަ ކެންޑިޑޭޓުން ހިމެނުމުން އެ އަދަދު 70 އަށް ވުރެ މަތި އެވެ. އަދި އަމިއްލަ ބައެއް ކެންޑިޑޭޓުން މިހާރު ވަނީ ޕީއެންސީއަށް ސޮއި ވެސް ކޮށްފަ އެވެ.