Advertisement

އިންޑިއާ އިންތިހާބު: ބީޖޭޕީގެ ޓިކެޓުގައި ކަންގަނާ ވާދަކުރަނީ

25 މާރިޗު 2024 - 09:03 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނާވަތު: އިންޑިއާގެ އާންމު އިންތިހާބުގައި ބީޖޭޕީ ޓިކެޓުގައި ވާދަކުރޭ -- ފޮޓޯ: އެންޑީޓީވީ


އިންޑިއާ އިންތިހާބު: ބީޖޭޕީގެ ޓިކެޓުގައި ކަންގަނާ ވާދަކުރަނީ

25 މާރިޗު 2024 - 09:03 0

އިންޑިއާގެ އާންމު އިންތިހާބުގައި ބީޖޭޕީގެ ޓިކެޓުގައި އެ ގައުމުގެ މަޝްހޫރު އެކްޓްރެސް ކަންގަނާ ރަނާވަތު, 37, ވާދަކުރާކަން އިއުލާންކޮށްފި އެވެ.

ބީޖޭޕީން އިއުލާންކުރި ކެންޑިޑޭޓުންގެ ލިސްޓުގައި ކަންގަނާގެ ނަން ހިމަނާފައި ވާއިރު، އޭނާ ވާދަކުރަނީ އުފަން ހިމަޗަލް ޕްރަޑޭޝް މަންޑީއަށެވެ.

ކަންގަނާގެ ނަން ލިސްޓުގައި އޮތުމުން އޭނާ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ބީޖޭޕީއަކީ އޭނާ އަބަދުވެސް ސަޕޯޓުކުރާ ޕާޓީއެއް ކަމަށާއި، ޕާޓީއާއެކު ކުރިޔަށް ދިޔުމުގެ ފުރުސަތު ލިބުމުން އެކަމާ އުފާވާ ކަމަށެވެ.

"އިންތިހާބު ކާމިޔާބުކޮށް ރައްޔިތުންނަށް ހިދުމަތް ކުރުމަށް މިހުރީ ކެތްމަދުވެފައި" ކަންގަނާ ބުންޏެވެެ.

ކަންގަނާއަކީ ބީޖޭޕީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސަޕޯޓުކުރައްވާ ވަރަށް ގިނައިން ޝުއޫރު ފާޅުކުރާ މީހެކެވެ. ސިޔާސީ ކަންކަމާ ގުޅޭ ގޮތުން އޭނާ މީގެ ކުރިން ބީޖޭޕީ ދިފާއު ވެސް ކޮށްފައި އެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކުން ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ފެނިފައިވާ ކަންގަނާ ފިލްމު ކުޅެން ފަށާފައި ވަނީ އުމުރުން 19 އަހަރުން ފެށިގެންނެވެ. އޭނާ ވަނީ ހަތަރު ނެޝަނަލް ފިލްމު އެވޯޑުގެ އިތުރުން ފަސް ފިލްމްފެއާ އެވޯޑު ވެސް ހާސިލުކޮށްފަ އެވެ.