Advertisement

އިންޑިއާގެ 527 އުފެއްދުމަކުން ކެންސަރަކަށް މަގުފަހިވާ ކެމިކަލް ފެނިއްޖެ

28 އޭޕްރީލް 2024 - 07:53 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިންޑިއާއިން އުފައްދާ ބައެއް ސްޕައިސް -- ފޮޓޯ: ފްރީޕިކް


އިންޑިއާގެ 527 އުފެއްދުމަކުން ކެންސަރަކަށް މަގުފަހިވާ ކެމިކަލް ފެނިއްޖެ

28 އޭޕްރީލް 2024 - 07:53 0

އިންޑިއާގެ ކާބޯތަކެތީގެ 527 އުފެއްދުމަކުން ކެންސަރަށް މަގުފަހިވާ ކެމިކަލް ފެނިއްޖެ އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) ފުޑް ސެކިއުރިޓީ އޮތޯރިޓީއިން ބުނީ ކެންސަރަށް މަގުފަހިވާ ކެމިކަލް ފެނިފައިވަނީ އިންޑިއާއިން އުފައްދާ ހަވާދުތަކުން ކަމަށާއި އޭގެ ތެރޭގައި އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑްގެ ސްޕައިސްތައް ހިމެނޭ ކަމަށެވެ.

އެ ދެ ބްރޭންޑުގެ ހަވާދު ހޮންކޮންގް އަދި ސިންގަޕޫރުގައި ވިއްކުން މިހާރު ވަނީ މަނާ ކޮށްފަ އެވެ. އަދި ރާއްޖޭގައި މި އުފެއްދުން ބޭނުން ކުރުމާއި އެތެރެކުރުން ވެސް ވަނީ މަނާ ކޮށްފަ އެވެ.

އީޔޫ ފުޑް ސެކިއުރިޓީ އޮތޯރިޓީއިން ވަނީ ސެޕްޓެމްބަރު، 2020 އިން ފެށިގެން އޭޕްރީލް، 2024 ގެ ނިޔަލަށް އިންޑިއާއިން އުފެއްދި އެކި ވައްތަރުގެ ކާބޯތަކެތި ޓެސްޓު ކޮށްފަ އެވެ.

އެ ޓެސްޓުގައި ގިނަ އަދަދެއްގެ އުފެއްދުމުން ވަނީ ކެމިކަލެއްގެ ބާވަތެއް ކަމަށްވާ "އެތިލީން އޮކްސައިޑް" ފެނިފަ އެވެ. އެއީ ކެންސަރަށް މަގުފަހިވާ ކެމިކަލް އެކެވެ.

އެތިލިން އޮކްސައިޑްއަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓް ކުރުމަށް ބޭނުން ކުރާ ކެމިކަލެކެވެ.

މިކަމާ ގުޅިގެން އިންޑިއާއިން ބޭރުކުރާ ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ސުވާލު އުފެދިފައި ވާއިރު، އާންމު ސިއްހަތަށް ނުރައްކާވާނެ ކަމުގެ ބިރު ވެސް ވަނީ ބޮޑުވެފަ އެވެ.