Advertisement

އައިމިނަ ޕްރިމިއަމް ލައުންޖުގައި ރޯދަ ވީއްލަން ހާއްސަ 4 މެނޫއެއް!

26 މާރިޗު 2024 - 11:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އައިމިނަ ޕްރިމިއަމް ލައުންޖުގައި ރޯދަ ވީއްލަން ހާއްސަ 4 މެނޫއެއް!

26 މާރިޗު 2024 - 11:09 0

ހިތްގައިމު މާހައުލެއްގައި ރޯދަ ވީއްލުމަށް އެންމެ ރަނގަޅު ތަނެއް ހޯދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ފޯނުން މެނޫތަކާއި ކެފޭ، ރެސްޓޯރަންޓުތައް ހާވަމުން ދާއިރު، އެންމެ ރަނގަޅަށް ހިޔާރު ކުރަން އުނދަގޫވާހާ ތަންތަން ގިނަ އެވެ. މެނޫތައް ވެސް އަންނަނީ އޮހެމުންނެވެ.

ތައާރަފު ކޮށްލައި މި ދެނީ އާންމުކޮށް، މީހުން ޒިޔާރަތް ނުކުރާ، ހާއްސަ، ހިތްގައިމު ތަނެކެވެ. އަމީރު އަހުމަދު މަގުގައި 10 ބުރި އިމާރާތެއްގެ އެންމެ މަތީ ފަންގިފިލާގައި، މި މާލޭގެ މަންޒަރުތައް ވަށައިގެން ކަހަލަ ގޮތަކަށް ފެން ގޮތަށް، އަދި އުތުރު ފަރާތުގެ ކަނޑުގެ ހިތްގައިމު ކަން ހަމަ ލޮލަން ފެންނަ ގޮތަށް ހުރި "އައިމިނަ ޕްރިމިއަމް ލައުންޖު" އަށް އާންމު ގޮތެއްގައި ވެދެވޭނީ މެމްބަރުންނާއި މެމްބަރުންނާއެކު ބައިވެރިވާ މީހުންނަށެވެ.

ނަމަވެސް މި ރޯދަ މަހު މި ހާއްސަ ލައުންޖު ތަޖުރިބާކޮށްމުގެ ފުރުސަތު ރޯދަ ވީއްލުމަށް ރިޒަވޭޝަން ހައްދައިގެން ލިބޭނެ އެވެ.

ކޮންމެ ހަފުތާއަކު ހާއްސަ ހަތަރު މެނޫއެއް މި ތަނުން ވަނީ ތައާރަފުކޮށްފަ އެވެ. އެއީ އިންޑިއަން މެނޫއަކާއި، އޭޝިއަން މެނޫއަކާއި، ޔޫރަޕް އާއި މެދުއިރުމަތީގެ މިކްސް މެނޫއެއްގެ އިތުރުން ހުރިހާ އެއްޗެއްގެ މިކްސްއެއް ހިމެނޭ މެނޫއެކެވެ.

މެނޫގައި ދިވެހިންގެ އަރުތެރެއަށް އެންމެ ކަމުދާ ކަރާ ފަނީގެ އިތުރުން ދެތިން ބުއިމަކާއި ދެތިން ވައްތަރެއްގެ ފޮނިކާ އެއްޗެހި ހިމެނެ އެވެ. އަދި އެހެން ބާވަތްތައް ވެސް ހިމެނެ އެވެ.

"ކޮންމެ މެނޫއެއްވެސް ތައްޔާރު ކޮށްފައި ހުންނާނީ ވަރަށް މަތީ ފެންވަރެއްގައި. ހުރިހާ މެނޫއެއްގައި ހެދިކާގެ އިތުރުން ހަތަރު ވައްތަރުގެ މަސްހުނި އަދި ސެލެޑް ވެސް ހިމެނޭނެ،" އައިމިނަ ޕްރިމިއަމް ލައުންޖުގެ ހެޑް ޝެފް އިބްރާހިމް ޖަޔަޝާން ބުންޏެވެ.


މިއީ އާއިލާތަކާއި އޮފީސްތަކާއި އެކުވެރިން އަދި ގްރޫޕްތައް ރޯދަ ވީއްލުމަށް ހިތްގައިމު ތަނެކެވެ. ދިހަ މީހުންގެ ރޯދަ ވީއްލުމެއް ނަގައިފި ނަމަ އެކެއްގެ ރޯދަ ވީއްލުން ހިލޭ ލިބޭނެ އެވެ.

އަގު

333ރ. ++

ރޯދަ ވީއްލުމަށް ބުކިން ހެއްދުމަށް

  • އެސްއެމްއެސް ނުވަތަ ވައިބާ ކުރާނީ 7998192 އަށް
  • ގުޅާނީ 3028192 އަށް

ރޯދަ މެނޫތައް