Advertisement

ކަނޑުފޭރޭ މީހުންނާ ދެކޮޅަށް ހަރަކާތްތެރިވުމަށް ފަހު ޖަޕާނުގެ މަނަވަރެއް ބަނދަރުކުރަން ރާއްޖެއަށް

24 މާރިޗު 2024 - 13:53 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު އަކެބޯނޯ: މި މަނަވަރު ޖަޕާނުގެ ދިފާއީ ބާރާ ގުޅުނީ މީގެ ދެ އަހަރު ކުރިން -- ފޮޓޯ: އެމްއެންޑީއެފް


ކަނޑުފޭރޭ މީހުންނާ ދެކޮޅަށް ހަރަކާތްތެރިވުމަށް ފަހު ޖަޕާނުގެ މަނަވަރެއް ބަނދަރުކުރަން ރާއްޖެއަށް

24 މާރިޗު 2024 - 13:53 0

ކަނޑުފޭރޭ މީހުންނާ ދެކޮޅަށް އަރަބި ކަނޑުގައި ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވުމަށް ފަހު ޖަޕާނުގެ މަނަވަރެއް ރާއްޖޭގައި ބަނދަރުކުރުމަށް ފަހު ފުރައިފި އެވެ.

ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީން ހާމަކޮށްފައިވާ ގޮތުގައި ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސް (ޖޭއެސްއެމްއެފް) ގެ އަކެބޯނޯ މަނަވަރު ރާއްޖޭގައި އޮތީ މާޗު 19 އިން 20 އަށެވެ.

މިއީ އަރަބި ކަނޑާއި ގަލްފް އޮފް އޭޑެންގައި ހަރަކާތްތެރިވާ ކަނޑުފޭރޭ މީހުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ބައިވެރިވި މަނަވަރެއް ކަމަށް ޖަޕާނުގެ އެމްބަސީން ބުނެފައިވެ އެވެ.

އެ އުޅަނދުގެ ކޮމާންޑިން އޮފިސަރު ކަމަށްވާ ކޮމާންޑަރު ޓޮގާވާ ވަނީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ އެމްބެސެޑަރުގެ އަރިހަަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފަ އެވެ.

މި މަނަވަރު ޖަޕާނުގެ ކަނޑުގެ ދިފާއީ ލަޝްކަރާ ގުޅުނީ މާޗު 19, 2022 ގަ އެވެ. ދިގުމިނުގައި 151 މީޓަރު ހުންނަ މި މަނަވަރު ގަޑިއަކު 56 ކިލޯމީޓަރު ބާރުމިނުގައި ދުވެ އެވެ.

ޖަޕާނުގެ މަނަވަރުތައް ދޭތެރެ ދޭތެރެއިން ރާއްޖެއަށް ބަނދަރުކުރެ އެވެ. އާންމު ގޮތެއްގައި އެ މަނަވަރުތަކަކީ އިންޑިއާ ކަނޑާއި އަރަބި ކަނޑުގައި ހިންގާ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ މަނަވަރުތަކެކެވެ.