Advertisement

ޖަޕާނަށް ރާއްޖޭން ކުރިން ކަނޑައަޅާފައި ހުރި ސަފީރު ހަލީލަށް އޯޑާ އޮފް ދަ ރައިޒިން ސަންގެ އިއްޒަތް އަރުވައިފި

ޖަޕާނަށް ރާއްޖެއިން ކުރިން ކަނޑައަޅާފައި ހުރި ސަފީރު، އަހުމަދު ހަލީލް (މ) -- ފޮޓޯ: ޖަޕާން އެމްބަސީ


ޖަޕާނަށް ރާއްޖޭން ކުރިން ކަނޑައަޅާފައި ހުރި ސަފީރު ހަލީލަށް އޯޑާ އޮފް ދަ ރައިޒިން ސަންގެ އިއްޒަތް އަރުވައިފި

ޖަޕާނަށް އެކި ގޮތްގޮތުން ހިދުމަތް ކުރައްވާ ބޭފުޅުންނަށް އެގައުމުގެ ސަރުކާރުން އަރުވާ އެންމެ މަތީ އިއްޒަތް ރާއްޖޭން ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، އަހުމަދު ހަލީލަށް އަރުވައިފި އެވެ.

އަހުމަދު ހަލީލަށް ޖަޕާނުން އަރުވާފައި ވަނީ "އޯޑާ އޮފް ދަ ރައިޒިން ސަން، ގޯލްޑް އެންޑް ސިލްވާ ސްޓާ" އެވެ. ޖަޕާނުގެ އިމްޕީރިއަލް ޕެލެސްގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި އޭނާއަށް އެ އިއްޒަތް އެރުވީ ޖަޕާނުގެ އަމްބަރާތޫރު ނަރުހީތޯ އެވެ.

އެކަމާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އޯޑާ އޮފް ދަ ސަންގެ އިއްޒަތް ހަލީލަށް އެރުވީ ރާއްޖެ އާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް އޭނާ ކުރެއްވި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ.

ހަލީލަށް އެ އެވޯޑު ލިބުމުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ފޮރިން މިނިސްޓަރި، އަބްދުﷲ ހަލީލް ވަނީ އޭނާއަށް މަރުހަބާ ދަންނަވައިފަ އެވެ.

ހަލީލަށް މަރުހަބާ ދަންނަވައި މިނިސްޓަރު ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާއަށް އެ އިއްޒަތް ލިބުމަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށެވެ.