Advertisement

ދަނޑުވެރިކަމަށް ހާއްސަކޮށްގެން އުފެއްދި "އެގްރި ބޯޓު" އިފުތިތާހުކޮށްފި

9 އޮކްޓޯބަރު 2024 - 15:36 0

މޫސާ ނާޝިއު

މޫސާ ނާޝިއު

"އެގްރި ބޯޓު" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްބަސީ އޮފް ޖަޕާން އިން މޯލްޑިވްސް


ދަނޑުވެރިކަމަށް ހާއްސަކޮށްގެން އުފެއްދި "އެގްރި ބޯޓު" އިފުތިތާހުކޮށްފި

9 އޮކްޓޯބަރު 2024 - 15:36 0

ޖަޕާނުގެ ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް މޯލްޑިވްސް (ޔޫއެންޑީޕީ މޯލްޑިވްސް) އާ ގުޅިގެން ދަނޑުވެރިކަމަށް ހާއްސަކޮށްގެން އުފެއްދި "އެގްރި ބޯޓު" ލޯކަލް ގަވަމަންޓު މިނިސްޓްރީ އާ ހަވާލުކޮށްފި އެވެ.

ހުޅުމާލޭގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ބޯޓު ލޯކަލް ގަވަމަންޓު މިނިސްޓްރީ އާ ހަވާލުކުރީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ތަކެއޮޗި މިޑޯރީ އެވެ. އަދި މިނިސްޓްރީގެ ފަރާތުން ބޯޓާއި ހަވާލުވީ ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ބޯޓުގެ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޖޫން 13، ގަ އެވެ.

އެ ބޯޓު ތައާރަފްކުރުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ދަނޑުވެރިން ތައްޔާރުކުރާ ތަކެތި ތާޒާކަމާއި ރައްކާތެރިކަމާ އެކު މާލެ އަދި އެކި ރަށްރަށުގެ މާރުކޭޓަށް ގެނައުމެވެ.

އެ ބޯޓުގެ ސަބަބުން ދަނޑުވެރިކަމަށް ފަހުން ލިބޭ ގެއްލުން ކުޑަ ކުރެވިގެން ދާނެ އެވެ. އަދި މި ބޯޓުގެ ސަބަބުން ތާޒާ އުފެއްދުންތައް ނުލިބޭ ރަށްތަކަށް ހުސްނުވެ އެއްވަރަކަށް ސަޕްލައިކުރެވޭނެ ކަން ކަށަވަރު ކުރެވޭނެ އެވެ.

މި ބޯޓުގައި ހަރުކޮށްފައިވާ ކޯލްޑް ސްޓޯރޭޖްތަކަކީ ސޯލާ ޕަވާޑް ސްޓޯރޭޖްތަކެކެވެ. މިކަމުގެ ސަބަބުން ތެޔޮ ބޭނުންކުރާ މިންވަރާއި ހަރަދާއި ކާބަން ދޫކުރާ މިންވަރު މަދުވާނެ އެވެ. ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރިއަށް ގެންދަން ނިންމުމަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ފެހި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ލިބޭނެ ކަމެކެވެ.