Advertisement

ދައުލަތަށް 43 އަހަރަށްވުރެ ގިނައިން ހިދުމަތްކުރި މީހުންގެ މައުލޫމާތު އެއްކުރުމަށްފަހު އިނާމު ކޮމިޓީއަށް ފޮނުވަނީ

24 މާރިޗު 2024 - 14:00 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރައީސް އޮފީހުގެ މަސައްކަތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް


ދައުލަތަށް 43 އަހަރަށްވުރެ ގިނައިން ހިދުމަތްކުރި މީހުންގެ މައުލޫމާތު އެއްކުރުމަށްފަހު އިނާމު ކޮމިޓީއަށް ފޮނުވަނީ

24 މާރިޗު 2024 - 14:00 0

ސާޅީސް ހަތަރު އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މީހުންގެ ތެރެއިން ހިދުމަތުގެ އިނާމު ސަރުކާރުން އަރުވާފައި ނުވާ މީހުންގެ ނަންތައް ގައުމީ އިނާމާ ބެހޭ ކޮމެޓީއަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސް މުއިއްޒު ބޭނުންވަނީ ދައުލަތުގެ ވަޒީފާއިން ވަކިވެވަފައިވާ މީހުންނާއި ވަޒީފާގައި ދެމިތިބި މީހުންގެ ކުށާއި ދަރަނީގެ ރެކޯޑާއި، އަދާކުރި ވަޒީފާތަކާއި ވަޒީފާ އަދާކުރި ގޮތުގެ ތަފުސީލު މައުލޫމާތު އިނާމާބެހޭ ކޮމެޓީއަށް ފޮނުވައިގެން އެ ކޮމެޓީން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އެމީހުންނަށް އިނާމު އެރުވުމަށް ކަމަށެވެ.

މިދިޔަ ސަރުކާރުން ވަނީ ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ހިދުމަތް ކޮށްދީފައިވާ މީހުންނަށް މިދިޔަ އަހަރު އިނާމު އަރުވައިފަ އެވެ.

ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތް ކޮށްދީފައިވާ މީހުންގެ މައުލޫމާތު އެއް ކުރުމަށްފަހު ގައުމީ އިނާމާ ބެހޭ ކޮމެޓީއަށް ފޮނުވުމަށް ރައީސް އޮފީހުން ނިންމީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މީހުންގެ ތެރެއިން މިހާރު ވަޒީފާއިން ވަކިވެފައިވާ މީހުންނަށް އެމީހުންގެ އަމިއްލަ ރެކޯޑުތައް ހޯދުމުގައި ދަތިތަކެއް ހުންނާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ސާޅީސް ތިން އަހަރަށްވުރެ ގިނަ ދުވަހު ސަރުކާރަށް ހިދުމަތް ކޮށްދީފައިވާ މީހުންގެ މައުލޫމާތުތަކާއި ރެކޯޑުތައް ގައުމީ އިނާމާ ބެހޭ ކޮމެޓީއަށް ފޮނުވަން ރައީސް އޮފީހުން ނިންމާފައި ވާތީ ދެން އެ މީހުންގެ ނަންތައް އަމިއްލައަށް ގައުމީ އިނާމަށް އެދި ހުށަހަޅަން ނުޖެހޭނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު މި އަހަރު ދިނުމަށް ހަމަޖެހިފައި ވަނީ މިނިވަންދުވަހުގެ މުނާަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

ރައީސް އޮފީހުން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި 40 އަހަރާއި 42 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކޮށްދީފައިވާ މީހުންގެ ނަންތައް ގައުމީ އިނާމާ ބެހޭ ކޮމެޓީއަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.