23 މާރިޗު 2024 - 22:10 3
ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދު: އޭނާ ބެޑްމިންޓަން އެސޯސިއޭޝަނުގެ ރައީސްއަކަށް ހުންނަވާ މިއީ ތިންވަނަ ދައުރު -- ފޮޓޯ: އަދަދު
23 މާރިޗު 2024 - 22:10 3
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ގައި ހިންގާފައިވާ ކޮރަޕްޝަނުގެ ތުހުމަތުުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުންގެންދާ ތަހުގީގުގެ ބޭނުމަށް އެ އެސޯސިއޭޝަނުގެ ރައީސް މޫސާ ނާޝިދާ ގުޅުން ހުރި ތަންތަން ބަލައިފާސްކުރަން ފަށައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލައިގައި ހުސްވި ހަފުތާގެ އަންގާރަ ދުވަހު އޭސީސީގެ ޓީމަކުން ވަނީ އެ އެސޯސިއޭޝަންގެ އޮފީސް ބަލައިފާސްކޮށްފަ އެވެ. އޭރު އޭސީސީން ބުނީ ބީއޭއެމާ ދެކޮޅަށް ހުށަހެޅިފައިވާ ކޮރަޕްޝަނާ ގުޅުންހުރި، ގިނަ ތުހުމަތުތަކަކާ ގުޅިގެން ލިޔެކިޔުމާއި މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.
އޭސީސީން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ކޯޓު އަމުރެއްގެ ދަށުން މޫސައާ ގުޅުންހުރި ބައެއް ތަންތަން ބަލަމުން އަންނަ ކަމަށެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ކޮރަޕްޝަން މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނި ނަމަވެސް މިހާތަނަށް އޭސީސީން އެ މައްސަލަތަކާ ގުޅޭ ތަފުސީލެއް ހިއްސާ ނުކުރެ އެވެ. އޭސީސީން މި ތަފުސީލުތައް ހާމަނުކުރި ނަމަވެސް މޫސަގެ މައްޗަށް ތުހުމަތުކޮށް، ބެޑްމިންޓަން އެސޯސިއޭޝަނުގެ ކުރިން މަސައްކަތްކުރި މީހަކު ރާއްޖޭގެ ކުޅިވަރުގެ އިސްފަރާތްތަކަށް ފޮނުވި ސިޓީއެއް އާންމުވެފައިވެ އެވެ.
އެ ސިޓީގައި މޫސައަށް އަމާޒުކޮށް ތުހުމަތުކޮށްފައިވާ ކަންކަމުގެ ތެރޭގައި މޫސަގެ މަސްލަހަތު އޮންނަ އަސްކަނި ސްޕޯޓްސް އަށް ފައިދާވާ ގޮތަށް ބޯޅަ ގަތުމާއި މޫސަގެ މަސްލަހަތު އޮންނަ ގެއަކުން އެޕާޓްމަންޓް ކުއްޔަން ނަގައި، މޫސައަށް ކުލި ލިބޭ ގޮތަށް އޮތުން ހިމެނެ އެވެ.
އޭގެ އިތުރުން އެސޯސިއޭޝަނުގެ ލިޔެކިޔުންތައް ރަނގަޅަށް ނުބަލަހައްޓާ މައްސަލަ އާއިސްޕޮންސަރުން އަތުން ލިބޭ ފައިސާގެ މައުލޫމާތު ފެންނަން ނުހުުރުމާއި ބެޑްމިންޓަން ކުޅުންތެރިންނަށް އެކި ސްކޮލަޝިޕްތަކުން ލިބޭ ފައިސާތައް ހަރަދުކުރާ ގޮތް ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން ނުދާ މައްސަލަތައް ވެސް ފެންމަތިވެފައިވެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ ކޮރަޕްޝަން މައްސަލަތައް ބަލަމުން އަންނައިރު، އެ އެސޯސިއޭޝަނަށް އާ ރައީސަކު ހޮވަން ރޭ ބާއްވަން އުޅުނު އަހަރީ އާންމު ޖަލްސާގެ ކަންކަން ކުރިއަށް ގެންދާނެ އެކަށިގެންވާ މާހައުލެއް ނެތް ކަމަށް ބުނެ އެ ޖަލްސާ ފަސްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment