Advertisement

މާލޭގައި އާންމުކޮށް ކުނި ޖަމާކުރާ 10 ސަރަހައްދެއް ސިޓީ ކައުންސިލުން ފާހަގަކޮށްފި

23 މާރިޗު 2024 - 19:55 0

މާލޭގެ މަގެއްގެ މަތީގައި ކުނި ކޮތަޅުތަކެއް ބަހައްޓާފައި: ރޯދަ މަހާ ދިމާކޮށް މި މައްސަލަ ބޮއްސުންލައިގެން ދިޔަ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މާލޭގައި އާންމުކޮށް ކުނި ޖަމާކުރާ 10 ސަރަހައްދެއް ސިޓީ ކައުންސިލުން ފާހަގަކޮށްފި

23 މާރިޗު 2024 - 19:55 0

މާލޭގައި އާންމުކޮށް ކުނި އަޅާ 10 ސަރަހައްދެއް ފާހަގަކޮށް، އެ ތަންތަނުގައި ކުނި ބަހައްޓާ މީހުންގެ ފޮޓޮ އާއި ވީޑިއޯ ފޮނުވައިދޭން މާލޭ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި މާލޭގައި އާންމުކޮށް މަގުމައްޗަށް ކުނި ޖަމާކުރާ ސަރަހައްދުތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:

  1. އަލަމާ ގޯޅި
  2. ކެނެރީ ގޯޅި
  3. ހަދީބީ މަގު
  4. އޯޑިއޯން ގޯޅި
  5. މާވެޔޮމަގު ފަހަތު ކަންމަތި
  6. ހެންވޭރު ސަހަރާ ކަންމަތި، ކާސިންޖީ މަގު
  7. ބަރުޖޯރާ ގޯޅި ކަންމަތި
  8. ޕިއްޒާ ބޯނާ ކަންމަތި
  9. ދިލްބަހާރު މަގު، ދަގަނޑުކެނޑިގޭ ގޯޅި ކަންމަތި
  10. ޖަމާލުއްދީން ސްކޫލް ކުރިމަތީ ހަނި ގޯޅި

މާލޭ ސިޓީ ކައުންސިލުން އާންމުން ގާތު އެދިފައިވަނީ މަގުމަތީގައި ކުނި ބަހައްޓާ މަންޒަރުތައް ވައިބާ/ވަޓްސްއެޕްއިން 9341144 ނަމްބަރަށް ނުވަތަ ސިޓީ ކައުންސިލުގެ ވެބްސައިޓުގައި ޝަކުވާ ހުށަހަޅަން ހާއްސަ ޕޭޖަށް ގޮސް ޝަކުވާ ހުށަހަޅުމަށެވެ.

އާންމުކޮށް ކުނި ބަހައްޓާ ސަރަހައްދުތަކަށް ފާހަގަކޮށް މި މައްސަލަ ހައްލުކުރަން އާންމުންގެ އެހީއަށް ސިޓީ ކައުންސިލުން އެދުނީ، ރޯދަ މަހާ ދިމާކޮށް މާލޭ މަގުމަތީގައި ކުނި ފުނިތައް ގިނަވުމާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ. ރޯދައިގެ ކުރީންސުރެން ފެށިގެން ސިޓީ ކައުންސިލުން އަންނަނީ މާލޭ މަގުމަތި ސާފުކުރަން އެކި ސަރަހައްދުތަކުން ކުނި ނަގަމުންނެވެ.

އޭގެ އިތުރުން ކައުންސިލުން ފުލުހުންނާ ގުޅިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މަގުމަތީގައި ކުނި ބަހައްޓާ މީހުން ހޯދައި އެ މީހުން ޖޫރިމަނާ ކުރުމުގެ މަސައްކަތް ވެސް މާލޭ ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ.