Advertisement

އެމްޑީޕީ ލޯގޯ ބަދަލުކޮށް މިނިސްޓަރު ހަލީލް ކުރެއްވި ޕޯސްޓަަކާ ގުޅިގެން ހޫނުފެނަށް

23 މާރިޗު 2024 - 17:11 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ހެލްތު މިނިސްޓަރީގެ އިވެންޓެއްގައި މިނިސްޓަރު، ހަލީލް ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ހެލްތު މިނިސްޓަރީ


އެމްޑީޕީ ލޯގޯ ބަދަލުކޮށް މިނިސްޓަރު ހަލީލް ކުރެއްވި ޕޯސްޓަަކާ ގުޅިގެން ހޫނުފެނަށް

23 މާރިޗު 2024 - 17:11 0

އިދިކޮޅު އެމްޑީޕީގެ ފުރިހަމަ ނަމަކީ "މޯލްޑިވްސް ދޮގު ޕާޓީ" ކަމަށް ބުނެ އެމްޑީޕީގެ ލޯގޯ ބަދަލުކޮށްފައިވާ ޕޯސްޓެއް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެކްސްގައި ހިއްސާ ކުރެއްވުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

އެކްސްގައި ހަލީލް މިއަދު ކުރެއްވި ޕޯސްޓުގައި ވަނީ ހޭޝްޓެގުގެ ގޮތުގައި ވެސް މޯލްޑިވްސް ދޮގު ޕާޓީ އަދި އެމްޑީޕީ ނޫން ގޮތެއް ޖަހައިފަ އެވެ.

ހަލީލް ކުރެއްވި އެ ޕޯސްޓާ ގުޅިގެން ފާޑުކީ ބައެއް މީހުން ބުނެފައި ވަނީ މިއީ ސަރުކާރުގެ ކެބިނެޓުގައި ތިއްބަވާ ވަޒީރުންގެ އަހުލާގު ހުންނަންޖެހޭ މިންގަނޑަށްވުރެ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ."ދެރަވަރު، ބުނާނެ އެއްޗެއް ނެތް، ސަރުކާރުގެ ކެބިނެޓު މިނިސްޓަރަކު މި ފެންވަރަށް ވެއްޓުނީމަ، ގައުމިއްޔަތާ އަހުލާގުގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތް، އަދި އިލްމީގޮތުން އެންމެ މަތީ ފާސް ހާސިލުކުރައްވައިގެން ހުންނެވި އެއް ވަޒީރު،" ހަލީލްގެ ޕޯސްޓަށް ރިޕްލައި ކުރި އާންމުންގެ މީހަކު އެކްސްގައި ލިޔެފައިވެ އެވެ.

މިއީ ސަރުކާރުން އެޓޭކަށް ކުޅެން ޖެހޭ ވަގުތުކަން ފާހަގަކޮށް މިވަގުތު ޑިފެންސަށް ސަރުކާރު ވެއްޓުމުން ދޭހަވާ ކަމަކީ މި ސަރުކާރުގެ ބަލިކަށިކަން ކަމަށް ބައެއް މީހުން ސިފަ ކުރިއިރު، އަނެއްބަޔަކު ބުނެފައި ވަނީ ސަރުކާރުގެ ޒިންމާދާރު، މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރާއްޖޭގެ ހުރިހާ ރައްޔިތުންނާ މެދުވެސް ދެކިވަޑައިގަންނަވަން ޖެހޭނީ އެއް ހަމައަކުން ކަމަށެވެ.

"ސިޔާސީ ޕާޓީތަކަކީ ރައްޔިތުންތަކެއްގެ ޖުމުލަ ވިސްނުން، ޕާޓީ ތަކުގައި ތިބެނީ ރައްޔިތުން، ސަރުކާރުގެ އިދާރާތަކުން ހިދުމަތްދޭން ޖެހެނީ ހުރިހާ ރައްޔިތުންނަށް، ސިޔާސީ ވިސްނުން އެއްގޮތް ވާން ނުޖެހޭ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިބޭ ވެރިން އެއްވެސް ޕާޓީއަކަށް ދެރަކޮށް ސިޔާސީ ޕޯސްޓުތައް ޖެހުން ބަލައި ނުގަންނަން،" ހަލީލްގެ ޕޯސްޓު ކްއޯޓު ޕޯސްޓު ކުރި ސޯޝަލްމީޑިއާ އެކްޓިވިސްޓު ލޫކަސް ޖަލީލް ލިޔެފައިވެ އެވެ.

ހަލީލްގެ ޕޯސްޓާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވީއިރު، މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް އެހެން ބޭފުޅުންގެ އަމަލުތަކަށް ވެސް އާންމުންގެ ފާޑިޔުން އަމާޒުވެފައިވެ އެވެ.

އެގޮތުން ނުކުޅެދުންތެރިކަން ހުންނަ އަދި ސޯޝަލް މީޑިއާގައި އެފަދަ މީހުންގެ ހައްގުގައި ވަކާލާތުކުރާ މުއާވިޔަތު މުހައްމަދު ދީދީއަށް ފުރައްސާރަ ކުރުމާ ގުޅިގެން، ސަސްޕެންޝަނުގައި ހުންނެވި ޔޫތު މިނިސްޓަރީގެ ޑެޕިއުޓި މިނިސްޓަރު، މަރިޔަމް ޝިއުނާއަށް މިދިޔަ ފެބްރުއަރީ މަހު ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އޭގެ ކުރިން އިންޑިއާގެ ބޮޑުވަޒީރަށް އަމާޒުކޮށް މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރުން ކުރެއްވި ފުރައްސާރައާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވެ އެވެ.