Advertisement

ކަރަންޓު ލިބި، ނުލިބި ހަދުވަސް: ވައިކަރަދޫ މީހުން އަދި ވެސް ދަތީގައި!

23 މާރިޗު 2024 - 13:16 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވައިކަރަދޫގައި ޖަނަރޭޓަރު ނެތިގެން އިހުތިޖާޖުކުރުން --


ކަރަންޓު ލިބި، ނުލިބި ހަދުވަސް: ވައިކަރަދޫ މީހުން އަދި ވެސް ދަތީގައި!

23 މާރިޗު 2024 - 13:16 0

ހދ. ވައިކަރަދޫއަށް ރަނގަޅަށް ކަރަންޓު ނުލިބޭތާ މިއީ ހަ ވަނަ ދުވަހެވެ. އެރަށު ކައުންސިލުން ބުނި ގޮތުގައި މިއަދު އަލަށް ގެންނަށް ޖަނަރޭޓަރާ އެކު އެ މައްސަލައަށް ހައްލެއް ލިބޭނެ އެވެ.

ވައިކަރަދޫ ކައުންސިލް މެމްބަރު އައިޝަތު ހަނީފާ "އަދަދު" އަށް ވިދާޅުވީ މިއަދު ހަވީރު ފެނަކައިން އާ ޖަނަރޭޓަރު ސެޓު ގެންނާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށާއި އެގޮތުން މިރޭ ޖަނަރޭޓަރު އިންސްޓޯލްކޮށް މާދަމާ މުޅި ރަށަށް ކަރަންޓު ދެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވަައިކަރަދޫ އިންޖީނުގޭގައި މިވަގުތު ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށް ވާތީ މިހާރު އެއް ވަގުތެއްގައި ކަރަންޓު ދެވެނީ ރަށުގެ ފަސް ސަރަހައްދުގެ ތެރެއިން ތިން ސަރަހައްދަކަށެެވެ. އެ ވަގުތުތަކުގައި އަނެއް ދެ ސަރަހައްދަށް ކަރަންޓެއް ނުލިބެ އެވެ.

"ކަރަންޓު ދެމުން މި އަންނަނީ ހަމަހަމަ އުސޫލަކުން. ތިން ސަރަހައްދަށް ކަރަންޓު ދޭއިރު އަބަދުވެސް ކޮންމެވެސް ދެ ސަރަހައްދަކަށް ކަރަންޓު ނުލިބޭނެ. ކަރަންޓު ލިބޭ ގަޑިއަކު ކަރަންޓު ލިބޭނީ އެންމެ ދެތިން ގަޑިއިރު،" އައިޝަތު ހަނީފާ ވިދާޅުވި އެވެ.

މި ޒަމާނަކީ ކަރަންޓާ ނުލާ ނޫޅެވޭ ޒަމާނެއްކަން ފާހަގަކުރައްވާ އައިޝަތު ހަނީފާ ވިދާޅުވި ރޯދަ ވީއްލާ ގަޑީގައި ބައެއް ސަރަހައްދުތަކުގައި ކަރަންޓު ނެތުމުން ވަރަށް ދަތިވާ ކަމަށާއި، އަދި ވަކިން ހާއްސަކޮށް ރޭގަނޑު ގަޑީގައި ކަރަންޓު ނެތުމުން ކުޑަކުދިން ނިންދަވަންވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ.

މިދިޔަ ސަރުކާރުގައި ވައިކަރަދޫގައި ސޯލާ ޕްރޮޖެކްޓެއް ކުރިޔަށް ގެންގޮސް ވަނީ ނިންމާލާފަ އެވެ. އެގޮތުން ދުވާލު ގަޑީގައި ސޯލާއާއެކު ކަރަންޓު ލިބޭއިރު، ކަރަންޓު ދަނީ ވަރަށް މަދުންނެވެ.