Advertisement

ދިރާގުން ހިލޭ ފައިބާ ބްރޯޑްބޭންޑް ޕަކޭޖު އަޕްގްރޭޑްކުރެވޭ ޕްރޮމޯޝަނެއް!

23 މާރިޗު 2024 - 10:42 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިރާގުން ހިލޭ ފައިބާ ބްރޯޑްބޭންޑް ޕަކޭޖު އަޕްގްރޭޑްކުރެވޭ ޕްރޮމޯޝަނެއް!

23 މާރިޗު 2024 - 10:42 0

ރެސިޑެންޝަލް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ހާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ފައިބާ 5-އެމް ސްޓާޓާއިން ފެށިގެން ފައިބާ 30-އެމް ބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެ ކަމަށެވެ.

މި އޮފާއާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށާއި، އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖްގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ހިޔާރު ކުރެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގުގެ މެނޭޖާ މާކެޓިންގް ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ މި ޕްރޮމޯޝަންގެ ސަބަބުން އިތުރު ހަރަދަކާނުލާ އިތުރު ޑޭޓާ އެލަވަންސްތަކާއެކު ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި އޮފަރގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިވެގެން ދާނެ ކަމަށް،" ހަސަން ޝާރިހު އާދަމް ވިދާޅުވި އެވެ.

މި އަހަރު ދިރާގުން ވަނީ ދިރާގު އެޕް މެދުވެރިކޮށް ރަމަޟާން މަހަށް ހާއްސަ ފަސް އޮފާއެއް ވެސް ތައާރަފްކޮށްފަ އެވެ.