Advertisement

ރަޝިއާގެ ކޮންސަޓު ހޯލެއްގައި ބަޑިން ހަމަލާދީ 60 މީހަކު މަރާލައިފި

23 މާރިޗު 2024 - 08:35 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގެ ކްރޯކަސް ސިޓީ ހޯލު ކައިރީ ސަލާމަތީ ހިދުމަތުގެ އިތުރުން ސިއްހީ ހިދުމަތްތެރިން ހަރަކާތްތެރިވަނީ: ހޯލުގައި ބަޑިން ހަމަލާދީ 40 މީހަކު ވަނީ މަރާލާފައި -- ފޮޓޯ: ރޮއިޓާސް


ރަޝިއާގެ ކޮންސަޓު ހޯލެއްގައި ބަޑިން ހަމަލާދީ 60 މީހަކު މަރާލައިފި

23 މާރިޗު 2024 - 08:35 0

ރަޝިއާގެ ކޮންސަޓު ހޯލެއްގައި ބަޑިން ހަމަލާދީ 60 މީހަކު އިއްޔެ މަރާލައިފި އެވެ.

ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނީ މޮސްކޯގައި ގިނަ ބަޔަކު އެއްވެފައި ތިބި ކްރޯކަސް ސިޓީ ހޯލަށް ހަތިޔާރު އެޅި މީހުންތަކެއް ވަދެ، ދިން އެ ހަމަލާގައި 100 އަށްވުރެ ގިނަ މީހުން ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

ރަޝިއާގެ ނޫސްތަކުން ބުނީ ބަޑީގެ ހަމަލާގެ އިތުރުން ހޯލުގައި އެއްޗެއް ގޮއްވާވެސްލާފައިވާ ކަމަށާއި، އަނިޔާވި މީހުންނަށް ހޮސްޕިޓަލުތަކަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

"ބަޑި ޖަހަން ފެށުމާއެކު މީހުންތައް ވަނީ ބިންމަތީގައި އޮށޯވެ ސަލާމަތް ހޯދަން މަސައްކަތްކޮށްފައި. ބަޑި ޖެހުން 15 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަގުތަކަށް ދެމިގެންދިޔަ" ހަމަލާ ދިން ވަގުތު އެތަނުގައި ހުރި ރަޝިއާގެ ނޫސްވެރިޔަކު ބުންޏެވެ.

ކޮންސަޓު ހޯލު ސަރަހައްދުގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން މުޅި ސަރަހައްދަށް ނުވަދެވޭ ގޮތަށް ވަނީ ބަންދުކޮށްފަ އެވެ.

ރަޝިއާ ސަރުކާރުން މިހާތަނަށް ތުހުމަތު ކޮށްފައިވާ ގޮތުގައި އެއީ ޓެރެރިސްޓު ހަމަލާއެކެވެ. އަދި މިކަން އެ ގައުމުގެ ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

ރަޝިއާއާއެކު ހަނގުރާމައިގައި އޮތް ޔޫކްރެއިން އިން ވަނީ މި ހަމަލާއާ އެ ގައުމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، މިކަމުގައި ޔޫކްރެއިންގެ ބަޔަކު ބައިވެރިވި ކަމުގެ އެއްވެސް ހެއްކެއް ނެތް ބުނެފަ އެވެ.