Advertisement

ކޭޓްއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފި

23 މާރިޗު 2024 - 07:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިނގިރޭސި ވަލީއަހުދު ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން: ކެންސަރު އާލާސްކަންފުޅަށް ފަރުވާ ހޯއްދަވާކަން ވަނީ ހާމަކުރައްވާފައި -- ފޯޓޯ: އެކްސް


ކޭޓްއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށްފި

23 މާރިޗު 2024 - 07:59 0

އިނގިރޭސި ވަލީއަހުދު ވިލިއަމްގެ އަނބިކަނބަލުން ކޭޓް މިޑަލްޓަން ކެންސަރުގެ އާލާސްކަންފުޅާ އުޅުއްވާކަން އެކަމަނާ ހާމަކުރައްވައިފި އެވެ.

މީސްމީޑިއާގައި ކޭޓް އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ދާދި ފަހުން އެކަމަނާ ފުރިހަމަ ކުރެއްވި ބަނޑުގެ އޮޕަރޭޝަނުން ކެންސަރު ހުރިކަން ފާހަގަ ނުކުރެވޭ ކަމަށާއި، ނަމަވެސް ފަހުން ހެދި ޓެސްޓުތަކުން ކެންސަރު ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މެޑިކަލް ޓީމުގެ އިރުޝާދުގެ ދަށުން ކީމޯތެރަޕީގެ ފުރަތަމަ މަރުހަލާ މިހާރު ފަށްޓަވާފައިވާ ކަމަށް ކޭޓް ވިދާޅުވި އެވެ.

"މިއީ ލިބުނު ބޮޑު ހައިރާންކަމެއް. އަހަރުމެންގެ ކުޑަކުޑަ އާއިލާގެ ހައްގުގައި ވިލިއަމް އާއި އަހަރެން މި މަސައްކަތް ކުރަމުން ދަނީ ވީހާވެސް ހާމަކަން ކުޑަ ގޮތެއްގައި މިކަމުން އަރައިގަނެވޭނެ މަގެއް ފެނޭތޯ،" ކޭޓް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ކީމޯތެރަޕީ ފެށުން ލަސްވެގެންދިޔައީ މިފަހުން ކުރެއްވި ސާޖަރީއަށް ފަހު ފުރިހަމަ ސިއްހަތަކަށް އެނބުރި އައުމަށް ވަގުތުތަކެއް ހޭދަވުމުން ކަމަށެވެ. އެންމެ ދަތި ކަމަކަށް ކުރިމަތިވީ ދެ ދަރިކަލުންނާއި ދަރިކަނބަލުންނަށް ކެންސަރު އާލާސްކަންފުޅުގެ ވާހަކަ ކިޔައި ދިނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ދުވަހަކަށްވުރެ ދުވަހެއް ބަލި ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވާ ކޭޓް ވަނީ ވިލިއަމް ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފަ އެވެ.

ކޭޓް ކެންސަރު އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަން ފަށާފައި ވާއިރު، އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނަ ވެސް ގެންދަވަނީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ.