Advertisement

ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ޖެހި ނޫޓުތައް ޖޫން މަހު ނެރެނީ

22 ފެބުރުވަރީ 2024 - 08:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ޖެހި ނޫޓުތައް -- ފޮޓޯ: ބޭންކް އޮފް އިންގްލޭންޑް


ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ޖެހި ނޫޓުތައް ޖޫން މަހު ނެރެނީ

22 ފެބުރުވަރީ 2024 - 08:00 0

އިނގިރޭސި ރަސްގެފާނު ޗާލްސްގެ ފޮޓޯފުޅު ޖެހި ބޭންކު ނޫޓުތައް ޖޫން މަހުން ފެށިގެން ދައުރު ކުރަން ނިންމައިފި އެވެ.

ބޭންކް އޮފް އިންގްލޭންޑްއިން ބުނީ، ޗާލްސްގެ ފޮޓޯފުޅު ޖެހި 5، 10، 20 އަދި 50 ޕައުންޑުގެ ނޫޓު އިތުރު ބަދަލެއް ނުފެންނާނެ ކަމަށެވެ.

ޗާލްސްގެ ފޮޓޯފުޅު ޖެހި ނޫޓު ތައާރަފު ކުރުމަށް ފަހު ވެސް، މިހާރު ބޭނުންކުރާ ރާނީ އެލިޒަބަތު ދެވަނައިގެ ފޮޓޯފުޅު ޖެހި ބޭންކު ނޫޓުތައް ބޭނުން ކުރަމުންދާނެ ކަމަށް ބޭންކް އޮފް އިންގްލޭންޑްއިން ވަނީ ބުނެފަ އެވެ.

ރަސްގެފާނުގެ ފޮޓޯފުޅު ޖެހި ނޫޓުތައް ފަރުމާ ކޮށްފައި ވަނީ ބޭންކް އޮފް އިންގްލޭންޑް އަދި ޑި ލާ ރޫ ގުޅިގެން ކަމަށް ވާއިރު، އެހެން ނޫޓުތަކާ އެއްގޮތަށް މި ނޫޓުތަކުގެ ސެކިއުރިޓީ ވެސް ވަރުގަދަވާނެ އެވެ.