Advertisement

ރާއްޖޭގެ ތިން ރަށެއްގައި މިސްކިތް އެޅުމަށް އަމިއްލަ ފަރާތްތަކަކާ ހަވާލުކޮށްފި

21 މާރިޗު 2024 - 17:41 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އަމިއްލަ ހަރަދުގައި ތިން ރަށެއްގައި މިސްކިތްތައް އެޅުމަށް މިއަދު އިސްލާމިކް މިނިސްޓާރީގައި އެ ފަރާތްތަކާއެކު ސޮއި ކުރަނީ -- ފޮޓޯ: އިސްލާމިކް މިނިސްޓަރީ


ރާއްޖޭގެ ތިން ރަށެއްގައި މިސްކިތް އެޅުމަށް އަމިއްލަ ފަރާތްތަކަކާ ހަވާލުކޮށްފި

21 މާރިޗު 2024 - 17:41 0

ރާއްޖޭގެ ތިން ރަށެއްގައި އަމިއްލަ ފަރާތަކުން، ހިލޭ އެހީގައި އަޅާ މިސްކިތްތަކެއްގެ އެއްބަސްވުމުންތަކުގައި އިސްލާމިކް މިނިސްޓަރީން އެ ފަރާތްތަކާއެކު ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓަރީން ބުނީ އަމިއްލަ ފަރާތްތަކަކުން މިސްކިތްތަކެއް ބިނާކުރުމަށް ނިންމާފައި ވަނީ ރ. އަލިފުށީގަ އާއި އައްޑޫ ސިޓީ ހުޅުދޫގެ އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަމަށެވެ.

އެގޮތުން އަލިފުށީގައި 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ހަވާލު ކޮށްފައި ވަނީ މީގެ ކުރިން ވެސް މިސްކިތްތައް ބިނާކުރުމުގެ ތަޖުރިބާ ހުރި، އަބްދުއްރަހުމާން މޫސާއާ އެވެ. އިސްލާމިކް މިނިސްޓަރީ އާއި އަބްދުއްރަހުމާންއާ ދެމެދު އެއްބަސްވެފައި ވަނީ އަބްދުއްރަހުމާންގެ އަމިއްލަ ހަރަދުގައި ދެއަހަރު ދުވަސްތެރޭގައި އެ މިސްކިތް ބިނާކޮށް ނިންމުމަށެވެ.

އައްޑޫ ސިޓީ ހުޅުދޫގައި 200 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރުމަށް ހަވާލު ކޮށްފައި ވަނީ މުހައްމަދު ސާލިހުއާ އެވެ. އިސްލާމިކް މިނިސްޓާރީ އާއި މުހައްމަދު ސޯލިހުއާ ވެވުނު އެއްބަސްވުމުގެ ދަށުން މިސްކިތް އެޅުމުގެ ހުރިހާ ހަރަދެއް މުހައްމަދު ސޯލިހުގެ އަމިއްލަ ހަރަދުގައި ދެއަހަރު ދުވަސްތެރޭގައި ނިންމަން ޖެހޭނެ އެވެ.

ހުޅުމާލެ ފޭސް ދޭއްގައި މިސްކިތެއް އިމާރާތް ކުރުމަށް ހަވާލު ކޮށްފައި ވަނީ މުހައްމަދު ޔޫސުފްއާ އެވެ. އިސްލާމިކް މިނިސްޓަރީއާ މުހައްމަދު ޔޫސުފްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މިސްކިތް އެޅުމުގެ ހުރިހާ ހަރަދެއް ކުރާނީ މުހައްމަދު ޔޫސުފް އަމިއްލަ އަށެވެ.