Advertisement

ބޮޑުވަޒީރު މޯދީ ރަޝިއާ އަދި ޔޫކްރެއިންގެ ރައީސްއަށް ގުޅުއްވައިފި

21 މާރިޗު 2024 - 08:24 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން (ކ)، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (މ) އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ (ވ) -- ފޮޓޯ: އޭއެފްޕީ


ބޮޑުވަޒީރު މޯދީ ރަޝިއާ އަދި ޔޫކްރެއިންގެ ރައީސްއަށް ގުޅުއްވައިފި

21 މާރިޗު 2024 - 08:24 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އަށް ފޯނުން ގުޅުއްވައިފި އެވެ.

ވަކިވަކިން ދެ ރައީސުންނަށް މޯދީ ގުޅުއްވައި، އިންޑިއާއާއެކު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުން ވަނީ ވާހަކަ ދައްކަވާފަ އެވެ.

ޕުޓިންއަށް ގުޅުއްވައި މޯދީ ވަނީ އިންތިހާބުން ހޯއްދެވި ނަތީޖާއަށް މަރުހަބާ ވިދާޅުވެ، ރަޝިއާ-ޔޫކްރެއިން ހަނގުރާމައާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.

މިއާއެކު، ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މޯދީ ވަނީ ކުރިޔަށް އޮތްތަނުގައި ރަޝިއާ އަދި އިންޑިއާ ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތާބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ޒެލެންސްކީއަށް ގުޅުއްވައި މޯދީ ވަނީ އިންޑިއާއިން ސުލްހައަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ކުރިޔަށް އޮތްތަނުގައި ވެސް ސުލްހަ ގާއިމު ކުރުމަށް ދޭން ޖެހޭ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.

ޒެލެންސްކީ ވަނީ އިންޑިއާއިން އެ ގައުމަށް ދެއްވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާ ކުރައްވާފަ އެވެ.

އިންޑިއާއިން އަންނަނީ ރަޝިއާ އަދި ޔޫކްރެއިންއާ ގާތް ގުޅުމެއް ބާއްވާ ދެ ގައުމު މެދުގައި ސުލްހަ ގާއިމު ކުރުމަށް މަސައްކަތް ކުރަމުންނެވެ.