Advertisement

ޑްރަގު މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރާވަރު މިދިޔަ އަހަރު އިތުރުވެއްޖެ: ރިޕޯޓު

20 މާރިޗު 2024 - 14:20 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ޑްރަގު މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރާވަރު މިދިޔަ އަހަރު އިތުރުވެއްޖެ: ރިޕޯޓު

20 މާރިޗު 2024 - 14:20 0

މިދިޔަ އަހަރު މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ އަދަބު ތަންފީޒުކުރި މިންވަރު އިތުރުވެފައިވާ ކަމަށް އެންޖީއޯއަކުން އަންގާރަ ދުވަހު ނެރުނު ރިޕޯޓަކުން ދައްކައިފި އެވެ.

ހާމް ރިޑަކްޝަން އިންޓަނޭޝަނަލް (އެޗްއާރްއައި) ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު މަސްތުވާތަކެތި ޓްރެފިކު ކުރިކަން ސާބިތުވެފައިވާ 467 މީހަކަށް މަރުގެ ހުކުމް ތަންފީޒުކުރި އެވެ.

އެޗްއާރުއައި އިން ބުނާ ގޮތުގައި މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު 44 ޕަސަންޓުގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރު އެހެން މައްސަލަތައް ހިމެނޭހެން ތަންފީޒުކުރި މަރުގެ ހުކުމްތަކުގެ ތެރެއިން 42 ޕަސަންޓަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަންފީޒުކުރި ހުކުމްތައް ކަމަށް ވެސް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

މި ރިޕޯޓުގައި އަންދާޒާ ކުރަނީ މަސްތުވާތަކެތި ޓްރެފިކްކޮށްގެން އެންމެ ގިނަ މީހުން މަރާލާފައި ވަނީ ޗައިނާ އާއި ވިއެޓްނާމާއި އުތުރު ކޮރެއާގައި ކަމަށެވެ.

މީގެ އިތުރުން އިރާނާއި ކުވައިތާއި ސައުދީ އަރަބިއްޔާގެ އިތުރުން ތައިލޭންޑާއި ސިންގަޕޫރުގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި މަރުގެ ހުކުމްތައް ތަންފީޒު ކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.