Advertisement

މަޖިލިސް އިންތިހާބަށް އޭޕްރީލް 21، އަދި 22 އަށް ސަރުކާރު ބަންދުކޮށްފި

19 މާރިޗު 2024 - 12:24 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މަޖިލިސް އިންތިހާބަށް އޭޕްރީލް 21، އަދި 22 އަށް ސަރުކާރު ބަންދުކޮށްފި

19 މާރިޗު 2024 - 12:24 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ އޭޕްރީލް 21، އާއި ޖެހިގެން އަންނަ ދުވަސް ކަމަށްވާ އޭޕްރީލް 22، އަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އިންތިހާބު އޮންނަ ދުވަސް ބަންދު ކުރަން ނިންމީ، އިންތިހާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާނެތީ ކަމަށެވެ.

ޖެހިގެން އަންނަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ، އިންތިހާބުގެ ވޯޓުލުމަށް ފަހުގައި، ވޯޓު ގުނުމާ ނަތީޖާ އިއުލާނުކުރުމާ، އަދި މި ނޫން ވެސް އިންތިހާބާ ގުޅުން ހުރި މުހިންމު ގިނަ މަސައްކަތްތަކެއް އެ ދުވަހު ވެސް ކުރިއަށްދާނެތީ ކަމަށެވެ.

އެ ދެ ދުވަސް ބަންދު ދުވަސްގެ ގޮތުގައި ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަނުން އެ ދެ ދުވަސް ބަންދު ދުވަސްތައް ގޮތުގައި ހަމަޖައްސައިދިނުމަށް އެދިފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

މި ފަހަރުގެ އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 284،887 މީހުނަށް ލިބެ އެވެ.