Advertisement

އަސްކަރީ ހެލިކަޕްޓަރެއްގައި މޯދީ ކެމްޕޭނަށް ދިޔަ މައްސަލައެއް

19 މާރިޗު 2024 - 08:06 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މޯދީ އަސްކަރީ ހެލިކަޕްޓަރުގައި ކެމްޕޭން ރެލީއަކަށް ވަޑައިގެންނެވުން، މައްސަލަ ވަނީ އިލެކްޝަން ކޮމިޝަން އޮފް އިންޑިއާއަށް ހުށަހަޅާފައި -- ފޮޓޯ: އެކްސް


އަސްކަރީ ހެލިކަޕްޓަރެއްގައި މޯދީ ކެމްޕޭނަށް ދިޔަ މައްސަލައެއް

19 މާރިޗު 2024 - 08:06 0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކެމްޕޭން ރެލީއަކަށް އަސްކަރީ ހެލިކަޕްޓަރެއްގައި ވަޑައިގެންނެވި މައްސަލަ އިލެކްޝަން ކޮމިޝަން އޮފް އިންޑިއާ (އީސީއައި) ގައި އިއްޔެ ޖައްސައިފި އެވެ.

މި މައްސަލަ އީސީއައިއަށް ހުށަހެޅީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ޓްރިނަމޫލް ކޮންގްރެސް ޕާޓީ ތަމްސީލު ކުރައްވާ މެމްބަރެއް ކަމަށްވާ ސަކޭޓް ގޮހަލޭ އެވެ.

ގޮހަލޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާދީއްތަ ދުވަހު އިންތިހާބާ ގުޅިގެން އަންދްރަ ޕްރަދޭޝްގައި ބޭއްވި ރެލީއަށް މޯދީ ވަޑައިގެންނެވީ އަސްކަރީ ހެލިކަޕްޓަރެއްގައި ކަމަށާއި، މިގޮތަށް ދައުލަތުގެ ވަސީލަތްތައް ކެމްޕޭނަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

އިންޑިއާގެ އިންތިހާބުތަކުގެ ތާރީހަށް ބަލާއިރު، 1975 ވަނަ އަހަރު، ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރެއްވި މައްސަލައެއްގައި އިންދިރާ ގާންދީ ވެސް އިންތިހާބުން ޑިސްކޮލިފައި ކުރިކަން ގޮހަލޭ ވަނީ ފާހަގަކުރައްވާފަ އެވެ.

ގޮހަލޭ ވިދާޅުވީ އަސްކަރީ ހެލިކަޕްޓަރު ކުއްޔަށް ހިފައިގެން މޯދީ ބޭނުން ކުރައްވާނަމަ، އެކަން އީސީއައި އިން ހާމަ ކުރަން ޖެހޭނެ ކަމަށެވެ.

ގޮހަލޭ ވިދާޅުވީ ސަލާމަތީ ސަބަބުތަކަށްޓަކައި ބޮޑުވަޒީރަށްވެސް ކެމްޕޭނަށް ބޭނުން ކުރެވޭނީ ޖޭމަރު ހަރުކޮށްފައި ހުންނަ ކާރުތަކުގެ އިތުރުން ސެކިއުރިޓީ ކަމަށާއި، އަސްކަރީ ހެލިކަޕްޓަރު ބޭނުން ނުކުރެވޭނެ ކަމަށެވެ.

އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ އެއްވެސް ވަސީލަތްތަކެއް ކެމްޕޭނަށް ބޭނުން ނުކުރެވޭނެ އެވެ.

އިންޑިއާގެ އިންތިހާބުގެ ވޯޓުލުން އޭޕްރިލް 19، އިން ފެށިގެން ޖޫން 1، ގެ ނިޔަލަށް ކުރިޔަށްދާނެ އެވެ. އަދި ވޯޓުގެ ނަތީޖާ އިއުލާން ކުރާނީ ޖޫން 4 ގަ އެވެ.