Advertisement

ހަސަން މެރިން ރޯދަ ސޭލް: ރަނުގެ ފުރުސަތެއް، ބައެއް އިންޖީނުތަކުން 30 ޕަސެންޓުގެ ޑިސްކައުންޓު

19 މާރިޗު 2024 - 11:59 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަސަން މެރިންގެ ރޯދަ ސޭލްގެ ދަށުން 30 ޕަސަންޓުގެ ޑިސްކައުންޓު ދޭ އިންޖީނުތައް، ޕްރޮމޯޝަން އެޕްރިލް 15، ގެ ނިޔަލަށް ކުރިޔަށްދާނެ -- ފޮޓޯ: އިޔާދު / އަދަދު


ހަސަން މެރިން ރޯދަ ސޭލް: ރަނުގެ ފުރުސަތެއް، ބައެއް އިންޖީނުތަކުން 30 ޕަސެންޓުގެ ޑިސްކައުންޓު

19 މާރިޗު 2024 - 11:59 0

އައުޓު ބޯޑު އިންޖީނެއް ހޯދަން ބޭނުންވެފައިވާ ފަރާތްތަކަށް މިއީ ރަނުގެ ފުރުސަތެކެވެ. ހަސަން މެރިން އިން މިހާރު ކުރިއަށް ގެންދާ ރޯދަ ސޭލްގައި ބައެއް އިންޖީނުތަކުން 30 ޕަސަންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ.

މާޗު 11، ގައި ފެށި މި ޕްރޮމޯޝަން އޭޕްރިލް 15، ގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.

ޑިސްކައުންޓު ދޭ މާކިއުރީގެ އިންޖީނުތައް:

  • 25،176ރ. އަށް ލިބޭ ޓޫސްޓްރޯކް 5 ހޯސްޕަވާ އިންޖީނު ޑިސްކައުންޓާއެކު 17،625ރ. އަށް
  • 32،666ރ. އަށް ލިބޭ ޓޫސްޓްރޯކް 8 ހޯސްޕަވާ އިންޖީނު ޑިސްކައުންޓާއެކު 22،870ރ. އަށް
  • 41،240ރ. އަށް ލިބޭ ޓޫސްޓްރޯކް 15 ހޯސްޕަވާ އިންޖީނު ޑިސްކައުންޓާއެކު 28،870ރ. އަށް
  • 65،676ރ. އަށް ލިބޭ ޓޫސްޓްރޯކް 30 ހޯސްޕަވާ އިންޖީނު ޑިސްކައުންޓާއެކު 45،975ރ. އަށް
  • 67،703ރ. އަށް ލިބޭ ފޯސްޓްރޯކް 15 ހޯސްޕަވާ އިންޖީނު ޑިސްކައުންޓާއެކު 47،395ރ. އަށް
  • 94،879ރ. އަށް ލިބޭ ފޯސްޓްރޯކް 30 ހޯސްޕަވާ އިންޖީނު ޑިސްކައުންޓާއެކު 66،420ރ. އަށް
  • 67،703ރ. އަށް ލިބޭ ސީޕްރޯ 15 ހޯސްޕަވާ އިންޖީނު ޑިސްކައުންޓާއެކު 47،395ރ. އަށް
  • 59،815ރ. އަށް ލިބޭ ސީޕްރޯ 25 ހޯސްޕަވާ އިންޖީނު ޑިސްކައުންޓާއެކު 41،870ރ. އަށް

ފުޑް ކޯޓުގައި ހުންނަ ހަސަން މެރިންގެ ފިހާރަ -- ފޮޓޯ: އިޔާދު / އަދަދު


މި ޕްރޮމޯޝަންގައި ސްޕާކް ޕްލަގްއިން 25 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ އެެވެ.

ސްޕާކް ޕްލަގްއަކީ ކާރުގެ އިތުރުން ސައިކަލުގެ އިންޖީނަށް ބޭނުންކުރާ ޕްރޮޑަކްޓެކެވެ. މި ޕްރޮޑަކްޓުގެ ރާއްޖޭގެ އޮފިޝަލް ޑިސްޓްރިބިއުޓަރަކީވެސް ހަސަން މެރިން އެވެ.

މާކިއުރީގެ ރާއްޖޭގެ އޮތޮރައިޒްޑް ސޭލްސް އެންޑް ސާވިސް ޑިސްޓްރިބިއުޓާ ހަސަން މެރިން އަކީ ރާއްޖޭގެ ކުއިކްސިލްވާ މެރިން، މަލްޓިފްލެކްސް، އަކުއާ މެރީނާ، އެންޖީކޭ، ތޯޑޮން، އަޓްވުޑްގެ އޮފިޝަލް ޑިސްޓްރިބިއުޓަރެވެ.