Advertisement

ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކުރަން ބޭނުންވާ ބައެއް ތަކެތި ގެނެސްފިން: މިނިސްޓަރު

18 މާރިޗު 2024 - 11:38 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ހެލްތު މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލު ކެބިނެޓް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާއާ އަކީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކެރެއްވި ބޭފުޅެއް. ފޮޓޯ: ރައީސް އޮފީސް


ހުރިހާ ރަށެއްގައި ލެބޯޓްރީ ގާއިމުކުރަން ބޭނުންވާ ބައެއް ތަކެތި ގެނެސްފިން: މިނިސްޓަރު

18 މާރިޗު 2024 - 11:38 0

ކުއްލި ހާލަތްތަކުގައި ކޮންމެހެން ހަދަން ޖެހޭ ޓެސްޓްތައް ހެދޭ މިންވަރަށް، ހުރިހާ ރަށެއްގައި ވެސް ލެބޯޓްރީ ހިދުމަތް ފަށަން މަސައްކަތްކުރަމުން އަންނަ ކަަމަށާއި އެކަމަށް ބޭނުންވާ ބައެއް ތަކެތި މިހާރު ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ކުރެއްވި ސުވާލަކަށްް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލު ވިދާޅުވީ ލެބޯޓްރީ ހިދުމަތް ފަށަން ބޭނުންވާ ތަކެތި ރަށްރަށަށް ނުފޮނުވައި ހުރީ ހުރިހާ ތަކެތި ގެނެސް ނުނިމޭތީ ކަމަަށެވެ. އޭނާ ވިދާޅުވީ ކުއްލި ހާލަތުގައި ހަދަން ޖެހޭ ޓެސްްޓްތައް ހެދޭ ވަރަށް ބައެއް ރަށްރަށުގައި ލެބޯޓްރީ ހިދުމަތް މިހާރު ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށެއްގައި، މިހާރު ލެބޯޓްރީގެ ހިދުމަތް ނުލިބޭ ހުރިހާ ރަށެއްގައި، އެހިދުމަތް އެމަޖެންސީ ހާލަތުހައި ބޭނުންކުރެވޭ މިންވަރަށް ފެށުމުގެ މަސައްކަތް ތައްޔާރީތައް ވަމުން، އޭގެ ތެރެެއިން ބައެެއް ތަކެތި ވަނީ ޕްރެކުއާ ކުރެވިފައި، އެހެން ނަމަވެސް ފުލްކޮށް ޕްރޮކުއާ ނުކުރެވޭތީ އަޅުގަނޑުމެންނަށް ފޮނުވައިނުލެވި ވާ ވާހަކަ ދަންނަވަން،" ހަލީލު ވިދާޅުވި އެވެ.

ޔައުގޫބު ކުރެއްވި ސުވާލުތަކުގެ ތެރެއިން ބައެެއް ސުވާލުތަކަށް ޖަވާބު ދެއްވި ނަމަވެސް ބައެއް ސުވާލުތަކަށްް ހަލީލު ޖަވާބެއް ނުދެއްވަ އެވެ.

ގއ. ކޮނޑޭ ސިއްހީ މަރުކަޒުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ބޭނުންވާ ބައެއް އާލާތްތައް ނެތިގެން އުޅޭ އިރު އެތަކެތި ގއ. އަތޮޅު ހޮސްޕިޓަލްގައި ގުދަންކޮށްފައި އެބަހުރި ކަމަށް ވިދާޅުވެ، އެތަކެތި ކޮނޑޭ ސިއްހީ މަރުކަޒަށް ލިބޭނީ ކޮން އިރަކުތޯ ޔައުގޫބު ސުވާލުކުރެއްވި އެވެ. އެހެން ނަމަވެސް އެ ސުވާލަށް މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ.