Advertisement

އެފްއޭއެމް ވެޓެރަންސް ލީގު: ސިފައިން ފެށީ ފަސޭހަ މޮޅަކުން

18 މާރިޗު 2024 - 10:58 0

ިސިފައިންގެ ޓީމުން ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އަބީދު


އެފްއޭއެމް ވެޓެރަންސް ލީގު: ސިފައިން ފެށީ ފަސޭހަ މޮޅަކުން

18 މާރިޗު 2024 - 10:58 0

އެފްއޭއެމް ވެޓެރަންސް ލީގު 2024 ގައި އިއްޔެ ހަވީރު ކުޅުނު މެޗުން ދިވެހި ސިފައިންގެ ކްލަބުން 6-0 އިން ވިލިމާލެ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައިފި އެވެ.

ވިލިމާލެ ޔުނައިޓެޑް މި ވަނީ މި ފަހަރުގެ މުބާރާތުގައި އެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ތަފާތު ބޮޑުކޮށް ބަލިވެފަ އެވެ. ފުރަތަަަމަ މެޗުން ވިލިމާލެ ޔުނައިޓެޑުން، އެންމެ ފަހުގެ ޗެމްޕިއަން، ހުޅުމާލެ ވެޓެރަންސްއާ ކުޅެގެން ބަލިވީ 7-0 އިންނެވެ.

ހެންވޭރު ދަނޑުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ވިލިމާލެ ޔުނައިޓެޑާއި ސިފައިން ނިންމާލީ ގޯލެއް ނުޖެހި އެވެ. އެކަމަކު، މެޗުގެ އޮއެވަރު ދެ ވަނަ ހާފުގައި އެއްކޮށް ބަދަލުވެ، ސިފައިންގެ ޓީމުން މެޗުގެ ކޮންޓްރޯލް ނަގައި، ގިނަ ގޯލުތަކެއް ވެސް ޖެހި އެވެ.

ސިފައިންގެ ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު ޝާމިން އާއި އަހުމަދު ރަޝިދު ކޮންމެ ކުޅުންތެރިއަކު ދެ ގޯލުގެ އިތުރުން، އިބްރާހިމް މުހައްމަދު އާއި އަލީ ހިޝާމް ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސް މޭޓްސް) އާއި ސްޓެލްކޯ އެވެ. ސޮކަ މޭޓްސް ކުޅުނު ފުރަތަމަ މެޗުން ދަ ގްރާންޑޭ އަތުން ވަނީ ބަލިވެފަ އެވެ. މިއީ، ސްޓެލްކޯ އިން މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗެެވެ. މެޗު ފަށާނީ 16:30 ގަ އެވެ.