Advertisement

ު ދިވެހި ފިލްމު "ބީވީމާ" މޯބައިލް ސްކްރީންތަކަށް!

18 މާރިޗު 2024 - 21:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ދިވެހި ފިލްމު ބީވީމާ މޯބައިލް ސްކްރީންތަކަށް -- ފޮޓޯ: މީޑިއާނެޓު


ު ދިވެހި ފިލްމު "ބީވީމާ" މޯބައިލް ސްކްރީންތަކަށް!

18 މާރިޗު 2024 - 21:49 0

ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބީވީމާ" ފޯނު، ޓެބްލެޓް އަދި އައިޕެޑް ފަދަ މޯބައިލް ސްރީންތަކުންވެސް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

ބީވީމާއަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޮލިމްޕަސް ސްކްރީނުގައި އެޅުވުމަށްފަހު، ޖުލައި މަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ ސްކްރީންތަކަށް ރިލީޒްކުރި އަހަރުގެ އެންމެ މަގްބޫލު އެއް ފިލްމެވެ.

މީޑިއާނެޓުން ބުނީ ފާއިތުވި އަހަރު ޖުލައި މަހު "ބީވީމާ" މީޑިއާނެޓުގެ ވީޑިއޯކްލަބު މެދުވެރިކޮށް ޓީވީ ސްކްރީނުތަކުން ގިނަ ބަޔަކު ވަނީ ބަލާފަ އެވެ.

މި ފިލްމުގެ ލީޑް ރޯލުތަކުން ފެނިގެންދަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ތަޖުރިބާކާރު އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. އަދި ފިލްމީ ދާއިރާގައި އަރަމުން އަންނަ ތަރި އާމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) ވެސް ފިލްމުގެ މުހިންމު ރޯލުތަކުން ފެނެ އެވެ.

މި ފިލްމަކީ ދެކުނު އިންޑިއާގެ ފިލްމަކުން ހިޔާލު ނަގައިގެން އުފައްދާފައިވާ ލޯބީގެ އަސަރުގަދަ އަދި މިސްޓީރިއަސް ފިލްމެކެވެ.

ބީވީމާ ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓުގެ 13 ވަނަ ފީޗާ ފިލްމު ކަމަށްވާއިރު، މި ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓާ އަހުމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު ތައުފީގު އާއި މުހައްމަދު އަލީ (މޮގާ) އެވެ. ކެމެރާކޮށްފައިވަނީ ހުނަރުވެރި ސިނަމޮޓޮގްރާފާ އިބްރާހިމް ވިސާން (ކަނޑި) އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދާފައިވަނީ އެވޯޑް ހޯދާފައިވާ ކެމެރާމަން، ޑައިރެކްޓަރ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ވީޑިއޯކްލަބުން އަންނަނީ އެންމެ ފަހުގެ ދިވެހި އަމިއްލަ އުފެއްދުންތައް އެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. އެގޮތުން ދާދި ފަހުން ދިވެހި ފިލްމު "ނީނާ" އަދި އެމް އޮރިޖިނަލްސް ބެނާގެ ދަށުން އުފެއްދި "ޝަރުތު" ސީރީޒް އެ ހިދުމަތުގައި ހިމަނާފަ އެވެ.

ވީޑިއޯކްލަބް ހިދުމަތަށް ސަބްސްކްރައިބް ކުރުމަށް އެންޑްރޮއިޑް ޕްލޭ ސްޓޯ ނޫނީ އެޕަލް އެޕް ސްޓޯ މެދުވެރިކޮށް "އެމް އެސް މީޑިއާނެޓު" އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށްފަހު މީޑިއާނެޓުގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ކުއިކް ޕޭ" މުދުވެރިކޮށް ސަބްސްކްރިޕްޝަން ޕެކޭޖެއް ނުވަތަ ވައުޗާ އެއް ނަގައިގެން ވީޑިއޯކްލަބްގައި ހިމެނޭ ކޮންޓެންޓް ބަލާލެވޭނެ އެވެ.