Advertisement

މީޑިއާނެޓުން "ހިޓްސް ނައު" ޗެނަލް މިހާރު ބަލާލެވޭނެ

17 އޭޕްރީލް 2024 - 19:46 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


މީޑިއާނެޓުން "ހިޓްސް ނައު" ޗެނަލް މިހާރު ބަލާލެވޭނެ

17 އޭޕްރީލް 2024 - 19:46 1

މީޑިއާނެޓުގެ ޗެނަލް ލިސްޓަށް ދުނިޔޭގެ އެންމެ މަޝްހޫރު ރިއަލިޓީ ޝޯވްތަކާއި އެންމެ ފަހުގެ ޝޯވްތައް ގެނެސްދޭ "ހިޓްސް ނައު" ޗެނަލް އިތުރުކޮށްފި އެވެ.

މީޑިއާނެޓުން އެފަރާތުން ދެމުންގެންދާ ހިދުމަތުގައި ހިމެނޭ ކޮންޓެންޓް އިތުރަށް މުއްސަނދި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ހިޓްސް ނައު ޗެނަލް ލިސްޓަށް ލުމާއެކު މުނިފޫހިފިލުމުގެ ކޮންޓެންޓަށް ވަނީ އިތުރު މުއްސަނދިކަމެއް ލިބިފަ އެވެ.

ހިޓްސް ނައުއަކީ މި ވަގުތު އެންމެ ހިޓު ޝޯވްތައް ޓީވީ އަދި މޯބައިލް ސްކީންތަކާއި ހިސާބަށް ގެނެސްދޭ ޗެނަލެކެވެ. މި ޗެނަލް އެންމެ ފުރިހަމަ އެއް ކަމެއް ގޮތުގައި ފާހަގަކޮށްލެވެނީ ޕްރޮގްރާމް އެމެރިކާގައި އެއާ ކުރާތާ 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދު ދިވެހިންނަށްވެސް މިހާރު ބަލާލެވޭތީ އެވެ.

މީޑިއާނެޓުން ބުނީ ލައިވް ޝޯވް ބަލާލުމަށް އެއް ހަފްތާ މަޑު ކުރާކަށް ދެން ނުޖެހޭނެ ކަމަށައި، ސޯޝަލް މީޑިއާއިން އެޕިސޯޑުތަކުގައި ވާ ގޮތް ސްޕޮއިލްވުންވެސް ޔަގީނުން މަދުވެގެންދާނެ ކަމަށެވެ.

މި ޗެނަލް ހާއްސަ ކޮށްލެވޭ އަނެއްކަމަކީ ދުނިޔޭގެ އެންމެ ބޮޑު މުނިފޫހިފިލުވުމުގެ ލައިވް އިވެންޓްތަށް ކަމުގައިވާ "އެމީ އެވޯޑްސް" ފަދަ ޙަފްލާތައްވެސް މި ޗެނަލް މެދުވެރިކޮށް ލައިވް ކޮށް ޓީވީ އަދި މޯބައިލް ސްކްރީންތަކުން މި ޗެނަލުން ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

ހިޓްސް ނައު މެދުވެރިކޮށް ދިވެހިން ފަރިތަ ފަރިތަ ރިއަލިޓީ ޝޯވްތައް ކަމުގައިވާ "އެމެރިކަން އައިޑަލް"، "ބްރިޓިއަންސް ގޮޓް ޓެލަންޓް" އަދި "ސަވައިވާ" ފަދަ ޝޯވްތައް ފާހަގަކޮށްލެވެ އެވެ.

އޭގެއިތުރުން ޗެނަލުން ދައްކާ ކޮންޓެންޓުގައި ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި "ހޫ ވޯންޓްސް ޓު ބީ އަ މިލިއަނާ"، "ޓޮޕް ޝެފް" އަދި "ސެލެބްރިޓީ ފެމިލީ ފިއުޑް" ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ކްލިޕްތައް ފެނި ދިވެހިން ފަރިތަ ގިނަ ކޮންޓެންޓެއް ހިމެނެ އެވެ.

ރިއަލިޓީ ޝޯވްތަކުގެ އިތުރުން "ޗިކާގޯ ޕީޑީ" އާއި "ގޯލްޑްބާގްސް" ފަދަ ޑްރާމާ ސީރީޒްތައްވެސް މި ޗެނަލް މެދުވެރިކޮށް ދިވެހިންނަށް ބަލާލެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.

މީޑިއާނެޓަކީ މުނިފޫހި ފިލުވުމުގެ ދުނިޔެ ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި ފާއިތުވި 18 އަހަރު އެންމެ ގާތް އެކުވެރިއެއް ގޮތުގައި މަސައްކަތްކުރަމުން އަންނަނީ ފަރާތެވެ.

އެގޮތުން ދިވެހި، ހިންދީ، އިނގިރޭސި އަދި އެހެނިހެން ބަސްތަކުގެ ޝޯވްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ރަހަތަކުގެ ކޮންޓެންޓް ގެނެސްދޭ ޗެނަލްތައް މީޑިއާނެޓުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޓީވީ އަދި މޯބައިލް ސްރީންތަކާއި ހިސާބަށް ގެނެސްދެމުންނެވެ.

ޒަމާނުއްސުރެން ދިވެހިންނަކީ ޓީވީއިން ދައްކާ ތަފާތު އެކިއެކި ޕްރޮގްރާމުތަކާއި ގާތް ގުޅުމެއް ބާއްވަމުން އަންނަ ބައެކެވެ. ކަސައުޓީ އާއި ކިއުކީ ސާސް ބީ ކަބީ ބަހޫތީ ފަދަ ދިވެހިން ފަރިތަ ޑްރާމާތަކާއި ދުނިޔޭގެ ބޮޑެތި ކުޅިވަރު މުބާރާތްތަކާއި ފިލްމާއި މިއުޒިކީ ޕްރޮގްރާމްތައް މީގެ ތެރޭގައި ހިމެނެއެވެ. މި ޕްރޮގްރާމްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމުގައި އެންމެ ގާތް އެކުވެރިޔަކީ މީޑިއާނެޓެވެ.