Advertisement

އިހުސާސް ޕްރޮގްރާމުގައި ނަމްޒާގެ ބަސްމަގު ހުރީ ރަނގަޅަށް ނޫން ކަމަށް ޕީއެސްއެމްއިން ވެސް ބުނެފި

17 މާރިޗު 2024 - 21:39 5

އިހުސާސް ޕްރޮގްރާމްގެ ހޮސްޓު ނަމްޒާ އެ ޕްރޮގްރާމުގެ އިސްތިހާރެއްގައި: ޕީއެސްއެމްއިން ބުނީ އާންމުންގެ ޝަކުވާ ބަލައިގަންނަ ކަމަށް -- ފޮޓޯ: ޓީވީއެމް


އިހުސާސް ޕްރޮގްރާމުގައި ނަމްޒާގެ ބަސްމަގު ހުރީ ރަނގަޅަށް ނޫން ކަމަށް ޕީއެސްއެމްއިން ވެސް ބުނެފި

17 މާރިޗު 2024 - 21:39 5

ޓީވީއެމް އިން ގެނެސްދޭ އިހުސާސް ޕްރޮގްރާމުގައި އެ ޕްރޮގްރާމުގެ ހޮސްޓު އައިމިނަތު ނަމްޒާގެ ބަސްމަގު ހުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ޕީއެސްއެމް އިން ވެސް ބުނެފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުޑަ ކުއްޖަކާއި އެ ކުއްޖާގެ އާއިލާއާ އެއްކޮށް މިދިޔަ ބުދަ ދުވަހު ގެނެސްދިން އެ ޕްރޮގްރާމަށްފަހު އާންމުންގެ ވަރަށް ގިނަ ފާޑުކިޔުން ނަމްޒާއަށް އަމާޒުވި އެވެ. ނަމްޒާގެ ބަސްމަގު ހުރީ އެ ކުއްޖާ ކުޑައިމީސް ކުރުވާ ގޮތަކަށް ކަމަށް އާންމުން ބުންޏެވެ.

"މި އެޕިސޯޑުގައި ބޭނުން ކުރެވުނު ބަސްމަގު ބޭނުންކުރެވިފައި ވަނީ އެންމެ އެދެވޭ ނެރޭޓިވްގައި ނޫން ކަމަށް މި ކުންފުނިން ދެކެން. ބުދަ ދުވަހުގެ ރޭ ދެއްކި އިހުސާސް ޕްރޮގްރާމުގައި ރަނގަޅު ކުރަން ފާހަގަ ކުރެވުނު ކަންތައްތައް ބުރާސްފަތި ދުވަހު ހެނދުނު ބޭއްވި ކުންފުނީގެ ވެރިންގެ ބައްދަލުވުމުގައި ވަނީ މަޝްވަރާ ކުރެވިފަ،" ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޕީއެސްއިމް އިން ބުނީ އާންމުންގެ ފަރާތުން ލިބުނު ޝަކުވާއާ ގުޅޭ ގޮތުން ނަމްޒާ އާއި ޕްރޮގްރާމް ޑިޕާޓްމަންޓުގެ އެންމެ އިސްވެރިޔާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އެ ޝަކުވާތައް ބަލައިގަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އިހުސާސް ޕްރޮގްރާމް ޓީވީން ދައްކާނީ ކޮންޓެންޓު ޗެކް ކުރުމަށްފަހު ކަމަށް ވެސް އާންމުންގެ ފާޑުކިޔުން އަމާޒުވުމުން ޕީއެސްއެމްއިން ބުނެފައިވެ އެވެ.

"އިހުސާސް ޕްރޮގްރާމު ގެނެސްދޭ ހަތަރު ވަނަ ސީޒަނަށްވުމުން ކޮންޓެންޓު ބަލަމުންދިޔައީ ޕްރޮޑިއުސާ. އަދި ވަކިވަކިން ހުރިހާ ޕްރޮގްރާމެއް ކޮންޓެންޓު ކޮމިޓީން ނުބަލާ. ނަމަވެސް އަލަށް އުފައްދާ ޕްރޮގްރާމެއް އޮންއެއާ ކުރާނީ ކޮންޓެންޓު ކޮމިޓީން ބެލުމަށްފަހު،" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެ އެވެ.