Advertisement

އޭޑީކޭއިން މަމްސް އެއިޑަށް ޒަރޫރީ ތަކެތީގެ 150 ޕެކޭޖު ހަދިޔާކޮށްފި

16 މާރިޗު 2024 - 19:19 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭޑީކޭއިން މަމްސް އެއިޑަށް ޕެކޭޖުތަކެއް ހަވާލުކުރުން -- ފޮޓޯ: މަމްސް އެއިޑް


އޭޑީކޭއިން މަމްސް އެއިޑަށް ޒަރޫރީ ތަކެތީގެ 150 ޕެކޭޖު ހަދިޔާކޮށްފި

16 މާރިޗު 2024 - 19:19 0

އޭޑީކޭ ޖެނެރަލް ޓްރޭޑިންގްއިން މުޖުތަމައުގައި އެހީތެރިކަން ބެނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ މަމްސް އެއިޑްއަށް އެހީތެރިވުމުގެ ގޮތުން 150 ޕެކޭޖު ހަދިޔާކޮށްފި އެވެ.

އޭޑީކޭއިން ބުނީ މަމްސް އެއިޑްއަށް ހަދިޔާކުރި 150 ޕެކޭޖުގައި ހިމެނެނީ ބައެއް ޒަރޫރީ ކާބޯތަކެތި ކަމަށެވެ.

އޭދީކޭގެ މި ހަދިޔާއާ ގުޅޭގޮތުން މަމްސް އެއިޑްއިން ބުނީ އެ އެންޖީއޯއިން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭޑީކޭއިން ރޯދަ މަހު ވެދިން އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

އޭޑީކޭއިން އަންނަނީ މިފަދަ އެންޖީއޯތަކަށް އިސްވެ، އަބަދުވެސް އެހީތެރިވަމުންނެވެ. އަދި އެ ކުންފުނިން އަބަދުވެސް މުޖުތަމައުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެއްބާރުލުން އެކި ގޮތްގޮތުން އަންނަނީ ދެމުންނެވެ.