Advertisement

ހަސަން ލަތީފުގެ ބިލްބޯޑުތަކަށް ގެއްލުން ދިން މައްސަލަ ޕޮލިހަށް

15 މާރިޗު 2024 - 08:30 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ހަސަން ލަތީފުގެ ކެމްޕޭނު ޕޯސްޓަރަށް ގެއްލުން ދިނުން


ހަސަން ލަތީފުގެ ބިލްބޯޑުތަކަށް ގެއްލުން ދިން މައްސަލަ ޕޮލިހަށް

15 މާރިޗު 2024 - 08:30 1

އަންނަ މަހު ބާއްވާ ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ، މިހާރު ވެސް އެ ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ބިލްބޯޑުތަކަށް ގެއްލުންދިން މައްސަލަ ޕޮލިހަށް ހުށަހަޅައިފި އެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފު "އެލްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެމްޕޭނު ކުރަން ހަރުކޮށްފައިވާ ބިލްބޯޑުތަކަށް ގެއްލުންދިނުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

މިކަންތައް ތަހުގީގު ކުރުމަށް ފުލުހުންގެ އިތުރުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފުގެ ކެމްޕޭނު ބިލްބޯޑުގެ އިތުރުން ބައެއް އެހެން ކެންޑިޑޭޓުންގެ ބިލްބޯޑުތަކަށް ވެސް ގެއްލުންދީފައި ވާއިރު، ފުލުހުންނާއި އީސީން މިކަމާ ގުޅިގެން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މާލޭގެ މަގުމަތީގައި ހަރުކޮށްފައި ހުރި ބައެއް ކެމްޕޭން ޕޯސްޓަރުތަކާއި، ބިލްބޯޑުތަކަށް ގެއްލުން ދެމުން އަންނައިރު، މިކަންތައް ހުއްޓުވުމަށް އެދެވޭ ފިޔަވަޅުތަކެއް ނާޅާކަން ބައެއް ފަރާތްތަކުން ފާހަގަކުރެވެ އެވެ.