Advertisement

ދެވަނަ ޓާމުގެ އިމްތިހާނު ބާއްވާ ދުވަސްތަކަށް ބަދަލެއް

15 މާރިޗު 2024 - 08:25 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދެވަނަ ޓާމުގެ އިމްތިހާނު ބާއްވާ ދުވަސްތަކަށް ބަދަލެއް

15 މާރިޗު 2024 - 08:25 1

ސްކޫލުތަކުގެ ދެވަނަ ޓާމުގެ އިމްތިހާނު ބާއްވާ ދުވަސްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ބަދަލެއް ގެނެސްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޭޕްރިލް 21، ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމާއެކު، ސްކޫލުތަކުގެ ފަހު އިމްތިހާނު ފަށާ ދުވަހަށް ބަދަލު ގެނެވިފައިވާ ކަމަށެވެ.

އެގޮތުން މާޗު 27، އިން ފެށިގެން އޭޕްރިލް 25، އާ ދެމެދު ރަސްމީ ދުވަސްތަކުގައި ގްރޭޑު 7 އަދި 8 ގެ އިތުރުން 9 ގެ ދެވަނަ ޓާމު އިމްތިހާނު ބާއްވާ ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ވަނީ އަންގައިފަ އެވެ.

މި ގްރޫޑުތަކުގެ އިމްތިހާނު ބާއްވަން ފުރަތަމަ ކަނޑައަޅާފައި އޮތީ މާޗު 16، އިން އޭޕްރިލް 27، ގެ ނިޔަލަށެވެ.

އޭޕްރިލް 20، ވާ ހޮނިހިރު ދުވަހު އިމްތިހާނެއް ބާއްވާނަމަ އީސީއިން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓާއެކު މަޝްވަރާކުރުމަށްފަހު އެ އިމްތިހާނެއް ކުރިއަށް ގެންދިޔުމަށް ވެސް ސްކޫލުތަކަށް އެޑިއުކޭޝަނުން ވަނީ އަންގައިފަ އެވެ.