Advertisement

"ވާނުވާ" ހައްލުކުރަން ތަހުގީގު މަރުހަލާ އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ

14 މާރިޗު 2024 - 10:44 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު. ވާނުވާ ބަންދުގައި 450 މީހުން ތިބި ކަމަށް "އަދަދު" ނޫހަށް ލިބުނު ލިޔެކިޔުންތަކުން އެނގޭ --- ފޮޓޯ: ރައީސް އޮފީސް


"ވާނުވާ" ހައްލުކުރަން ތަހުގީގު މަރުހަލާ އިތުރަށް ހަރުދަނާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވެއްޖެ

14 މާރިޗު 2024 - 10:44 0

ޝަރީއަތް ނިމެންދެން ކުށުގެ ތުހުމަތު ކުރެވޭ ބައެއް މީހުންނަށް ޖަހާ "ވާނުވާ" ބަންދުގެ ކަންކަން ހައްލު ކުރުމުގެ ގޮތުން ތަހުގީގު މަރުހަލާ އިތުރަށް ހަރުދަނާ ކުރަމުގެ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެނެސް "ވާނުވާ" ނިމުމަކަށް ގެނައުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ކަމާ ގުޅިގެން ސަރުކާރުން މިހާރު އޮތީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދީ، ކަފާލާތުގެ ދަށުން އިސްތިއުނާފު ނިމެންދެން ބަންދުން ދޫކޮށްލެވޭނެ ހަމަތައް ހިމަނައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފަ އެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސްވަނީ "ވާނުވާ" ހައްލު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރައްވާފަ އެވެ.

"ގާނޫނީ މަސައްކަތްތަކެއް އަޅުގަނޑުމެން ފަށައިފިން. އެހެންވީމާ, އިރާދުކުރެއްވިއްޔާ, ގާނޫނީ ހައްލެއް އެެ މައްސަލައަށް ގެނެވޭނެ ގޮތްތަކެއް ކުރަމުން މިދަނީ, އަދި ތަހުގީގު މަރުހަލާގެ ކަންކަން ވެސް މިހާރަށް ވުރެ ރަނގަޅު ކުރުމަށްޓަކައި މަސައްކަތްތަކެއް އެބަ ކުރެވޭ," ރައީސް ދެއްވި ޖަވާބުގައި ވިދާޅުވި އެވެ.

މި ބަދަލުތަކާ އެކު "ވާނުވާ" އަށް ދާއިމީ ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް މިއަދު ވެސް ވިދާޅުވި އެވެ.

"އަދަދު" ނޫހުން މީގެކުރިން ވާނީ "ވާނުވާ" ބަންދުގައި ތިބި މީހުންނާ ގުޅޭ ބައެއް ތަފާސްހިސާބުތައް ގެނެސްދީފަ އެވެ. އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި 450 މީހުން ވާނުވާގައި އެބަތިއްބެވެ. އޭގެ ތެރެއިން 373 މީހުންނަކީ ދިވެހިންނެވެ.

އެ މައުލޫމާތުތަކުން އެނގޭ ގޮތުގައި އެންމެ ގިނަ މީހުންނަށް "ވާނުވާ" ޖަހާފައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި, ބޭނުންކުރުމާއި އަދި ވިއްކުމާ ގުޅޭ ތުހުމަތުތަކުގަ އެވެ. އެފަދަ 134 މީހުން ތިބީ މުއްދަތެެއް ނެތް ގޮތަށް ޖަލު ބަންދުގަ އެވެ. ދެވަނައަށް އެންމެ ގިނައީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މީހުންނެވެ.