Advertisement

ސަރުކާރުން ރޯދައަށް ދޭ ކާޑު ރޭގަނޑު އެކަނި ބަހާގޮތަށް ބަދަލުކޮށްފި

13 މާރިޗު 2024 - 13:09 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ސަރުކާރުން ބަހަމުންދާ ކާޑު: ސަރުކާރުން ރޯދައަށް ދޭ ކާޑު ރޭގަނޑު އެކަނި ބަހާގޮތަށް ބަދަލުކޮށްފި -- ފޮޓޯ: މުހައްމަދު ޝަހްޒާން/އަދަދު


ސަރުކާރުން ރޯދައަށް ދޭ ކާޑު ރޭގަނޑު އެކަނި ބަހާގޮތަށް ބަދަލުކޮށްފި

13 މާރިޗު 2024 - 13:09 0

މި ހިނގާ ރޯދަމަހުގެ ބޭނުމަށް ސަރުކާރުން ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ފުށާއި ހަނޑޫ ބެހުމުގެ މަސައްކަތް ހަމައެކަނި ރޭގަނޑު ކުރިއަށް ގެންދާ ގޮތަށް ސިޓީ ކައުންސިލުން ބަދަލުކޮށްފި އެވެ.

މާލެ ސިޓީ ކައުންސިލުގެ މީޑިއާ ކޯޑިނޭޓަރު، އާމިނަތު ޝަތުފާ މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މިކަން މިގޮތަށް ބަދަލުކުރަން ނިންމީ ދުވާލުގެ ހޫނުގައި އެކަން ކުރުމުން ރައްޔިތުންނަށް އުނދަގޫތަކެއް ކުރިމަތިވާތީ ކަމަށެވެ.

އެގޮތުން ދެން ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރޭގަނޑު 9:00 އިން 12:00 އަށް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ.

މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި އެސްޓީއޯ ގުޅިގެންނެވެ. އެކަމަށް ހާއްސަކޮށް މާލެ ސަރަހައްދުގައި ވަނީ ހަ ސަރަހައްދެއްގައި ސްޓޭޝަންތަކެއް ގާއިމުކޮށްފަ އެވެ. އެއީ:

  • ގަލޮޅު ދަނޑު
  • މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭބައި
  • ސޯޝަލް ސެންޓަރު
  • ބިއްރި މިސްކިތް ހޯލް - ވިލިމާލެ
  • އުމަރު ޒާހިރު ބިލްޑިން - ހުޅުމާލެ ފޭސް 1
  • ހިޔާ ފްލެޓް ޓަވަރު 10 ޔޫތު ސެންޓަރު - ހުޅުމާލެ ފޭސް 2

ސަރުކާރުން މިފަހަރު ބަހަމުންދަނީ ކޮންމެ ގޭބިސީއަކަށް 10 ކިލޯ މަގުން، އިންޑިއާއިން އެތެރެކޮށްފައިވާ ބާސްމަތީ ހަނޑުލާއި ލަންކާއިން އެތެރެކޮށްފައިވާ ގޮދަން ފުށެވެ.

މާލޭގައި ދިރިއުޅޭ ފަރާތްތަކުން ހިލޭ ކާޑު ބަލައި ދާއިރު، އެމީހެއްގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ ލައިސެންސް ކާޑު ގެންދަން ޖެހޭނެ އެވެ. ކާޑު ދޫކުރުމުގައި ބަލާނީ ކޮންމެ ގޭބިސީއެއްގެ ވެސް ކަރަންޓު މީޓަރު ނަންބަރަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ފުށް ބަސްތާއަކާއި ހަނޑޫ ބަސްތާއެއް ރޯދަމަހު ދިނުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މާލެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގަ އެވެ.

މި އަހަރު 10 ކިލޯ ދިން ނަމަވެސް އަންނަ އަހަރު އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ރައީސް އެ ދުވަހު ވިދާޅުވި އެވެ.