Advertisement

ރައީސް މޭޔަރަކަށް ހުންނެވި އިރު " ފުލްޓައިމްކޮށް މުޒާހަރާ ކުރަން" ބަޔަކަށް ވަޒީފާ ދިން ކަމަށް ބުނެފި

13 އޭޕްރީލް 2024 - 14:19 1

ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ސިޓީކައުންސިލްގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އެމަނިކުފާނަކީ އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން މާލޭގެ މޭޔަރުކަމަށް ވަޑައިގެންނެވި ހަމައެކަނި ބޭފުޅާ. ފޮޓޯ: މާލޭ ސިޓީކައުންސިލް


ރައީސް މޭޔަރަކަށް ހުންނެވި އިރު " ފުލްޓައިމްކޮށް މުޒާހަރާ ކުރަން" ބަޔަކަށް ވަޒީފާ ދިން ކަމަށް ބުނެފި

13 އޭޕްރީލް 2024 - 14:19 1

ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު " ފުލްޓައިމްކޮށް މުޒާހަރާ ކުރަން" ވަޒީފާ ދީފައި ދެ ބޭފުޅަކު ބޭތިއްބެވި ކަމަށް އެމަނިކުފާނުގެ އަރިސް ބައެއް ބޭފުޅުން ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒުގެ އަރިސް ބައެއް ބޭފުޅުން މިކަން ހާމަކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ ހަލީމަތު ޒުހައިރާ ސޯޝަލް މީޑިއާ އެކްސްގައި ލިއުއްވުމަކަށް ދިން ރައްދުތަކެއްގަ އެވެ.

އެކްސްގައި ހަލީމަތު ލިއުއްވި ލިއުއްވުމުގައި ތުހުމަތުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ގޮތުން ރައީސް ދައްކަވަނީ ހުދުމުހުތާރު ވާހަކަތަކެއް ކަމަށެވެ. އެ ލިއުމަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތާޑް ސެކްރެޓަރީ އިބްރާހީމް އަބާން އަބްދުއް ލަތީފް ސުވާލުކުރެެއްވީ" ރައީސް ޔާމީން މިނިވަންކުރަން، މުސާރަދީފައި ފުލްޓައިމްކޮށް، ހަލީމަތާއި އޭނާގެ ފިރިކަލުން ފޮނުއްވީ ކާކުތޯ" އެވެ.

"ރައީސް މުއިއްޒު ނޫންތޯ އެކަން ފަހިކޮށްދެއްވީ؟ ފޯ މެނީ މަންތުސް،" އެކްސްގައި އަބާން ލިއުއްވި އެވެ.

ހަލީމަތުގެ ލިއުމަށް ރައްދު ދެއްވަމުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރްޔަމް ޝިއުނާ ވިދާޅުވީ ރައީސް މުއިއްޒު މޭޔަރަކަށް ހުންނެވި އިރު ހަލީމަތަށް މަހަކު 17،000.ރ އަދި ފިރިކަލުންނަށް މަހަކު 16،000.ރ މާލޭ ސިޓީކައުންސިލުން ދިން ކަމަށެވެ.

އެވަރުގެ މުސާރައާ އެކު ގޮސް އުޅުނީ ޝިއުނާ ވިދާޅުވި ގޮތުގައި "ޔާމީން މިނިވަންކުރާ މުޒާހަރާ"ގަ އެވެ.