Advertisement

ވިލިމާލޭގައި ހިދުމަތްދޭ ހަތް ބަގީއަހަރެއްްގެ ތެރޭގައި ހަލާކުވުމުން، އާ ބަގީތައް ގެންނަނީ

25 އޭޕްރީލް 2024 - 11:11 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ގެނެސްފައިވާ ބަގީއެއް: ހަތް ބަގީ ވަނީ ހަލާކުވެފައި -- ފޮޓޯ: ސިޓީ ކައުންސިލް


ވިލިމާލޭގައި ހިދުމަތްދޭ ހަތް ބަގީއަހަރެއްްގެ ތެރޭގައި ހަލާކުވުމުން، އާ ބަގީތައް ގެންނަނީ

25 އޭޕްރީލް 2024 - 11:11 0

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނައި 10 ބަގީގެ ތެރެއިން ހަތް ބަގީ ހަލާކުވެގެން، އާ ބަގީތައް ގެނައުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.

ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 142 ވަނަ އާއްމު ޖަލްސާގައި ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމާއި އިތުރު ބަގީ ގަތުމާ ގުޅޭގޮތުން މަޝްވަރާކޮށް މިއަދު ގޮތެއް ނިންމި އެވެ. ސިޓީ ކައުންސިލުން ނިންމީ ބަގީގެ ހިދުމަތް ފެށިއިރު 10 ބަގީ އޮޕަރޭޓު ކުރަމުން ދިޔަ ނަމަވެސް، މިހާރު އޮޕަރޭޝަނަލް ހާލަތުގައި އެންމެ ތިން ބަގީ ހުރުމުން އިތުރު ހަތް ބަގީ ގަންނަން ޖެހޭ ކަމަށެވެ.

ބަގީތައް ގެންނަން ފާސްކުރީ މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް ކައުންސިލަރުންގެ ތެރެއިން ހަ ކައުންސިލަރުން ވޯޓުދެއްވައިގެންނެވެ. ކައުންސިލާ ސައިފް ފާތިހުއާއި ކައުންސިލާ މަރިޔަމް ނާޒިމާ ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ބައްދަލުވުމުގައި ކައުންސިލާ ސައިފް ވިދާޅުވީ ބަގީތައް ގެނައިތާ އަހަރެއް ނުވަނީސް ހަތް ބަގީ ހަލާކުވުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، ކޮންޓްރެކްޓަރުގެ ޒިންމާއެއް ވެސް މިކަމުގައި އޮންނަން ޖެހޭނެ ކަމަށެވެ.

"އަނެއްކާ ވެސް އަހަރެއް ވީމަ އިތުރު ހަތް ބަގީ ގެންނަންވީ ރައްޔިތުން ފައިސާއިން. މިކަމަށް ޒިންމާވާނެ ބަޔަކު ވެސް ތިބެން ޖެހޭނެ. ފީކަޅާ އެއްޗެހިތަކެއް ނުބައިކޮށް ޕްރޮކިއޯ ކޮށްގެން މި ގެންނަނީ ވެސް" އަދަދުއަށް ސައިފް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން 10 ބަގީ ގެންނަން ޖުމްލަ 2.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި ބަގީތައް ގެނައީ ކޮން ގައުމެއްގެ ކުންފުންޏެއްކަން ނޭގޭ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ސިޓީ ކައުންސިލުން 15 ޑުރައިވަރުންނާއި 10 ކޮންޑަކްޓަރުން ހަމަޖައްސައިގެން ބަގީގެ ހިދުމަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ 'ޕިންކް ސްކައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް' ކިޔާ ކުންފުންޏަކާ އެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ކައުންސިލުން މަހަކު 390،000ރ. ހަރަދުކުރެ އެވެ.