Advertisement

އިހުތިޖާޖުކުރުމުން ކުޅުދުއްފުށީ ފެނަކަ މުވައްޒަފުންނަށް މުސާރަދީފި

12 މާރިޗު 2024 - 18:52 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ފެނަކައިގެ ކުޅުދުއްފުށީ މުވައްޒަފުން އިހުތިޖާޖުކޮށް، އޮފީސް ފާރުގައި ޝުއޫރު ފާޅުކޮށް ގަނޑު ހިތްޕާފައި -- ފޮޓޯ: އަދަދު


އިހުތިޖާޖުކުރުމުން ކުޅުދުއްފުށީ ފެނަކަ މުވައްޒަފުންނަށް މުސާރަދީފި

12 މާރިޗު 2024 - 18:52 0

ހދ. ކުޅުދުއްފުށި ފެނަކަ މުވައްޒަފުންނަށް މުސާރައާއި ރޯދަ އިނާޔަތް ނުދޭތީ މިއަދު ހެނދުނު އިހުތިޖާޖު ކުރުމުން، ފެނަކައިން އެމީހުންނަށް ފައިސާ ޖަމާކޮށްދީފި އެވެ.

ކުޅުދުއްފުށީގައި މަސައްކަތް ކުރާ ފެނަކައިގެ މުވައްޒަފަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ މިދިޔަ މަހުގެ މުސާރައިގެ އިތުރުން ރޯދަ އިނާޔަތް މިހާރު ހުރިހާ މުވައްޒަފުންނަށް ޖަމާ ކޮށްދީފައިވާ ކަމަށާއި، ނަމަވެސް އަދިވެސް ޖެނުއަރީ މަހުގެ މުސާރައިގެ އެތިކޮޅެއް ނުލިބި ހުރި ކަމަށެވެ.

"ޖެނުއަރީ މަހުގެ 3،000ރ. އެބަހުރި ދޭން. ވާހަކަދައްކައިގެން އޭތި ކޮޅުވެސް ލިބޭތޯ މި ބަލަނީ. ރޯދަ އިނާޔަތުގެ އިތުރުން ފެބުރުއަރީ މަހުގެ މުސާރަ މިހާރު ވަނީ ލިބިފައި" ފެނަކައިގެ މުވައްޒަފު ބުނި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މުސާރަ އާއި ރޯދަ އިނާޔަތް ނުލިބޭ މައްސަލަ ދިމާވީ ކުޅުދުއްފުށި ފެނަކައިގައި މަސައްކަތް ކުރާ 52 މުވައްޒަފަކަށެވެ.

ރަށްރަށުގައި ވަޒީފާ އަދާކުރާ ފެނަކައިގެ މުވައްޒަފުންތައް ވަކިކޮށް، މުސާރަ ނުދޭ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑެވެފަ އެވެ.