Advertisement

ކުޅުދުއްފުށީގެ ފެނަކަ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އިނާޔަތް ނުދޭތީ އިހުތިޖާޖުކޮށްފި

12 މާރިޗު 2024 - 12:53 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުޅުދުއްފުށީގައި ފެނަކަ މުވައްޒަފުން އިހުތިޖާޖުކޮށް، ފާރުގައި ބެނާއެއް ހަރުކޮށްފައި -- ފޮޓޯ: އަދަދު


ކުޅުދުއްފުށީގެ ފެނަކަ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އިނާޔަތް ނުދޭތީ އިހުތިޖާޖުކޮށްފި

12 މާރިޗު 2024 - 12:53 1

ހދ. ކުޅުދުފުށި ފެނަކަ މުވައްޒަފުންނަށް މުސާރަ އާއި ރޯދަ އިނާޔަތް ނުދޭތީ އިހުތިޖާޖުކޮށްފި އެވެ.

ކުޅުދުއްފުށި ފެނަކައިގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފަކު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ މިދިޔަ ޖެނުއަރީ މަހުގެ މުސާރައިގެ ވެސް ދީފައިވަނީ އެތިކޮޅެއް ކަމަށާއި މިދިޔަ ފެބުރުއަރީ މަހުގެ މުސާރަ މިހާތަނަށް ޖަމާކޮށްފައި ނުވާ ކަމަށެވެ.

ރޯދަ މަހުގެ އިނާޔަތާއެކު މުސާރަ އެއްކޮށް ޖަމާކޮށްދޭނެ ކަމަށް އިއްޔެ ނިޔަލަށް މުއްދަތެއް ދިންއިރު، އިހުތިޖާޖަށް ނިކުތީ އެއްވެސް ފައިސާއެއް ޖަމާކޮށް ނުދިނުމުން ކަމަށް އޭނާ ބުންޏެވެ.

"މުސާރަ އާއި ރޯދަ އިނާޔަތް ޖަމާކޮށްދޭން ބުނާތާ އެތައް ދުވަހެއްވެއްޖެ. ކޮންމެ ދުވަހަކު ދެނީ އާ ތާރީހެއް. އެންމެ ފަހުން ކެތްތެރިކަން ކޮޅުންލައިގެން ދިޔާމަ އިހުތިޖާޖަށް ނިކުތީ،" ފެނަކައިގެ މުވައްޒަފު ބުނި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިގެ 52 މުވައްޒަފަކަށް މުސާރަ އާއި ރޯދަ އިނާޔަތް ދީފައި ނުވެ އެވެ.

ރަށްރަށުގައި ވަޒީފާ އަދާކުރާ ފެނަކައިގެ މުވައްޒަފުންތައް ވަކިކޮށް، މުސާރަ ނުދޭ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑެވެފަ އެވެ.