Advertisement

ސިންގަޕޫރަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ

11 މާރިޗު 2024 - 23:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ސިންގަޕޫރުގެ ސުލްތާން މިސްކިތް -- ފޮޓޯ: އެކްސް


ސިންގަޕޫރަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ

11 މާރިޗު 2024 - 23:21 0

ސިންގަޕޫރަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފި އެވެ.

ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަނޑައަޅަނީ އިސްލާމީ ކަލަންޑަރުގެ މައްޗަށް ބިނާކޮށް، ހަނދު ފެނުމާއެކުގަ އެވެ. އެގޮތުން ސިންގަޕޫރަށް އިއްޔެ ހަނދު ފެނިފައި ނުވާތީ އެ ގައުމަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ މާދަމާ އެވެ.

ސިންގަޕޫރުގެ މުފްތީ ޑރ. ނަޒީރުއްދީން މުހައްމަދު ނާސިރު ވިދާޅުވީ ފަލަކީ ހިސާބަތަކުން ދައްކާ ގޮތުގައި ހަނދު ނުފެންނާނެތީއާއެކު އެ ގައުމަށް ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް މާދަމާ ކަނޑައަޅައި އެކަން އިއުލާން ކުރާ ކަމަށާއި، ހުރިހާ އެންމެންނަށް ބާއްޖަވެރި ރޯދަ މަހަކަށް އެދޭ ކަމަށެވެ.

ސިންގަޕޫރުގެ އިތުރުން ފިލިޕިންސް، އިންޑޮނީޝިއާ އަދި ބުރުނާއީއަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ވެސް މާދަމާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ރާއްޖޭގެ އިތުރުން ސައުދީ އާއި ބައެއް އެހެން ގައުމުތަކަށް ހަނދު ފެނުމާ ގުޅިގެން ރޯދަ މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައެޅީ މިއަދެވެ.