Advertisement

ބީއެމްއެލްގެ އެހީގެ ދަށުން ގުރައިދޫ މަރުކަޒުގައި ހިންގި ޕްރޮޖެކްޓު ނިންމާލައިފި

11 މާރިޗު 2024 - 12:09 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކ.ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ބީއެމްއެލްއިން ވަނީ އެ މަރުކަޒަށް ބޭނުންވާ ގިނަ ވަސީލަތްތައް ގާއިމުކޮށްދީފައި -- ފޮޓޯ: ބީއެމްއެލް


ބީއެމްއެލްގެ އެހީގެ ދަށުން ގުރައިދޫ މަރުކަޒުގައި ހިންގި ޕްރޮޖެކްޓު ނިންމާލައިފި

11 މާރިޗު 2024 - 12:09 0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގެ ދަށުން ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓު ނިންމާލައިފި އެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިޔަށްގެންދިޔަ މި ޕްރޮޖެކްޓްގެ ދަށުން އެ މަރުކަޒުގައި ވަނީ އިންޑަސްޓްރިއަލް ބަދިގެއެއް ގާއިމްކޮށް، އެތަނަށް ބޭނުންވާ އާލާތްތަކެއް ހަދިޔާކުރުމުގެ އިތުރުން ކާބޯތަކެތި ރައްކާކުރުމަށް ޖާގައެއް ގާއިމްކޮށްދީފަ އެވެ.

ގުރައިދޫ މަރުކަޒުގައި މަސައްކަތްކުރާ އަންހެން އަދި ފިރިހެން މުވައްޒަފުން ބޭނުންކުރުމަށް ލޮކަރުތަކާއި ފާހަނާ އާއި ސައިބޯ ކޮޓަރިއެއް ވެސް ބީއެމްއެލްއިން ގާއިމްކޮށްދިނެވެ.

ބީއެމްއެލްއިން ގުރައިދޫ މަރުކަޒުގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓު ނިންމާލުން -- ފޮޓޯ: ބީއެމްއެލް


މީގެ އިތުރުން މަރުކަޒުގެ މުވައްޒަފުންނާއި ބަލިމީހުން ބޭނުން ކުރުމަށް ލައިބްރަރީ ކޯނައެއް ވެސް ގާއިމްކޮށް، ގިނަ ވަސީލަތްތައް ގާއިމުކޮށްދީފައިވެ އެވެ. އަދި މަރުކަޒުގެ ވޯޑުތަކަށް އެނދު، ގޮދަޑި، ސޯފާ، ގޮނޑި ފަދަ މުހިންމު ފަރުނީޗަރު ވެސް ހަދިޔާކުރި އެވެ.

ބީއެމްއެލްއިން އަންނަނީ އަބަދުވެސް ރައްޔިތުން އެންމެ ބޭނުން ޖެހިފައިވާ ކަންކަން އެ ކުންފުނީގެ ސީއެސްއާރްގެ ދަށުން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.