Advertisement

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު، ޝަފާއު މަގާމުން ވަކިކޮށްފި

10 މާރިޗު 2024 - 15:58 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރުކަމުގެ މަގާމުން ވަކިކުރި ޝަފާއު: އޭނާ އެ ކުންފުނީގައި ހުންނެވީ ނަން-އެގްޒެކެޓިވް ބޯޑު މެމްބަރެއްގެ މަގާމުގައި -- ފޮޓޯ: ފޭސްބުކް


ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު، ޝަފާއު މަގާމުން ވަކިކޮށްފި

10 މާރިޗު 2024 - 15:58 0

ވަކި ސަބަބެއް ބަޔާން ކުރުމެއް ނެތި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނޮން-އެގްޒެކެޓިވް މެންބަރެއްގެ ގޮތުގައި ހުންނެވި، މުހައްމަދު ޝަފާއު ހަސަން މަގާމުން މިއަދު ވަކި ކޮށްފި އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި މަގާމުން ވަކި ކުރި ކަމުގެ ލިޔުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޝަފާއުއަށް ފޮނުވީ މިދިޔަ ބުރާސްފަތީގަ އެވެ.

މަގާމުން ވަކި ކުރުމާ ގުޅޭގޮތުން ޝަފާއުގެ ބަހެއް އަދި ލިބޭ ގޮތް ނުވެ އެވެ. ނަމަވެސް ޝަފާއު މަގާމުން ވަކިކުރި ކަމުގެ ލިޔުން މި ނޫހަށް ލިބިފައިވެ އެވެ.

އެ ލިޔުމުގައި ޝަފާއު މަގާމުން ވަކިކުރި ވަކި ސަބަބެއް ބަޔާން ކޮށްފައެއް ނުވެ އެވެ. ލިޔުމުގައި ހަމައެކަނި ބުނެފައި ވަނީ "ގާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރު ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓު ކުރުމުގެ ގާނޫނު) ގައިވާ ގޮތުގެ މަތިން، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޓުގެ ޑިރެކްޓަރުންގެ ބޯޑުން ޝަފާއު ވަކިކޮށްފައިވާ ކަމަށެވެ.

ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރެއްގެ މަގާމަށް ޝަފާއު އައްޔަން ކުރެއްވީ 2021 ވަނަ އަހަރު އެވެ. އޭނާއަކީ ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި ބޭފުޅެކެވެ.

އޭގެ ކުރިން ޝަފާއު ވަނީ އިސްލާމިކް ބޭންކުގެ ހެޑް އޮފް މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒްގެ މަގާމާއި މަނިޓަރީ އޮތޯރިޓީގެ އެސިސްޓެންޓު މެނޭޖަރުކަމާއި ދިރާގުގެ ޑިސްޓްރިބިއުޝަން މެނޭޖަރުކަން ކުރައްވައިފަ އެވެ.