Advertisement

ޒީކް އާއި ރާއިޝް އަށް ގައުމީ ޖޫނިއާ ރެކޯޑެއް

10 މާރިޗު 2024 - 12:24 0


ޒީކް އާއި ރާއިޝް އަށް ގައުމީ ޖޫނިއާ ރެކޯޑެއް

10 މާރިޗު 2024 - 12:24 0

ދާދި ފަހުން ނިމިގެންދިޔަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ޒީކް އަޝްރަފް ރަޝީދު އާއި އިބްރާހިމް ރާއިޝް އަބްދުލް އަޒީޒް ގައުމީ ޖޫނިއާ ރެކޯޑްތަކެއް ހަދައިފި އެވެ.

ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒީކް، ގައުމީ ޖޫނިއާ 800 މީޓަރު ދުވުމުގެ ރެކޯޑް ހަދާފައިވަނީ، ދެ މިނިޓް 29.52 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ، ވޭތުވެދިޔަ 16 އަހަރު ތެރޭ މުގުރާނުލެވި އޮތް ރެކޯޑެކެވެ. އެހެންކަމުން، ޒީކް ހޯދާފައި މި ވަނީ ތާރީހީ ކާމިޔާބެކެވެ.

މި ރެކޯޑް އެންމެ ފަހުން ހަދާފައިވަނީ، 2008 ވަނަ އަހަރުގެ އޮލިމްޕިކް ގޭމްސްގައި ވާދަކުރި އައިޝަތު ރީޝާ އެވެ. ރީޝާ އެ ފަހަރުގެ، 800 މީޓަރުގެ އިވެންޓް ނިންމީ، ދެ މިނިޓް، 30.14 ސިކުންތުންނެވެ.

ނަސީރު ސްޕޯޓްސް އެކެޑަމީގެ އެތުލީޓު، ރާއިޝް އަކީ، އެންމެ ފަހުން ވެސް ޓްރިޕަލް ޖަމްޕްގެ ޖޫނިއާ ރެކޯޑް ހޯލްޑަރެެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ ގައުމީ މުބާރާތުގެ ޓްރިޕަލް ޖަމްޕް އިވެންޓްގައި، 12.15 މީޓަރު ފުންމައިގެން، ރެކޯޑް ހަދައިފަ އެވެ.

މި ފަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ވާދަކޮށް، ރާއިޝް އަމިއްލަ އަތުގައި އޮތް ރެކޯޑް މުގުރާލީ، 12.72 މީޓަރު ފުންމައިގެންނެވެ. ކުރިއެރުމަށް ބަލާއިރު މިއީ، ތިން މަސް ދުވަހުގެ ތެރޭގައި ރަނގަޅު މިންވަރެކެވެ.