Advertisement

ރާއްޖެ އެތެރެކުރާ މުދާ ރީ-އެކްސްޕޯޓު ކުރަން އެމްޕީއެލްއިން ފަށަނީ

9 މާރިޗު 2024 - 17:49 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ ކޮމާޝަލް ހާބާ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރާއްޖެ އެތެރެކުރާ މުދާ ރީ-އެކްސްޕޯޓު ކުރަން އެމްޕީއެލްއިން ފަށަނީ

9 މާރިޗު 2024 - 17:49 0

ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ މުދާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރީ-އެކްސްޕޯޓް ކުރަން ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ މުހައްމަދު ވަޖީހު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލް ހެޑު އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޖީހު ވިދާޅުވީ ސަރުކާރުން އިތުރު ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ކަމަށާއި އެގޮތުން ކަނޑުމަގުން ރާއްޖެ ވަންނަ މުދާ ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ރީ-އެކްސްޕޯޓު ފެށުމަށް އެމްޕީއެލްއިން ވަނީ ކަސްޓަމްސް އާއި އެއާޕޯޓު ފަދަ ތަންތަނާ ވާހަކަ ދައްކައި، އެކަން ކުރުމަށް ތައްޔާރުވެފައި ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

"ވަރަށް ގިނަ މުދާ އެބަހުރި ދުނިޔޭގެ އެކި ގައުމުތަކުން ކޮލަމްބޯ މަގުން ރާއްޖެ އައިސް. އެމީހުން ބޭނުންވޭ ރާއްޖެ އަންނަ ކޮންޓެއިނާތައް ވައިގެ މަގުން ދުނިޔޭގެ އެކި ތަންތަނަށް ފޮނުވާލަން" ވަޖީހު ވިދާޅުވި އެވެ.

ރީ-އެކްސްޕޯޓު ކުރަން ފެށުމުގެ އެމްޕީއެލްގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ވަޖީހު ވަނީ ވިދާޅުވެފަ އެވެ. އަދި މުއާމަލާތްތައް ކުރާނީ އެމެރިކާ ޑޮލަރުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަސައްކަތް ފެށުމަށް ދެތިން އެއާލައިނަކާ ވާހަކަ ދެކެވިފައިވާކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ އެއްބަސްވުމަކަށްވެެސް މިހާރު އާދެވިފައިވާ ކަމަށާއި، ކުރިޔަށް އޮތީ އެކްސްޕޯޓު ކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފެށުން ކަމަށެވެ.