Advertisement

ސަރުކާރުން ހިލޭ ދޫކުރާ ކާޑު މާދަމާ ބަހަން ފަށަނީ


ސަރުކާރުން ހިލޭ ދޫކުރާ ކާޑު މާދަމާ ބަހަން ފަށަނީ

ކުރިއަށް އޮތް ރޯދަ މަހު ހިލޭ ބަހަން ސަރުކާރުން ނިންމާފައިވާ ފުށާއި ހަނޑޫ މާދަމައިން ފެށިގެން ގޭބީސީތަކަށް ދޫކުރަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

އެކުންފުނިން މިރޭ ނެރުނު ބަޔާނެެއްގައި ބުނީ ރޯދަމަހަށް ހާއްސަކޮއްގެން ސަރުކާރުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރާާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް އެސްޓީއޯއިން ވަނީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި އެކަމަށް އެކަށޭނަ މުދާ މިހާރު އެތެރެކޮށް ގުދަންކޮށް ބެހޭނޭ އިންތިޒާމުތައްވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ކާޑު ދޫކުރުން ރޭވިފަވާގޮތްތައް:

  • މާލޭސަރަހައްދުގައި ކާޑު ދޫކުރާނީ މާލޭސިޓީ ކައިންސިލް ބެލުމުގެ ދަށުން
  • މާލޭގައި ކާޑު ދޫކުރަން ފަށާނީ މާޗް 9، އިން ފެށިގެން މާޗް، 16 2024
  • މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ކުރިޔަށް ނުގެންދާނެ.
  • ރަށްރަށަށް ގެންދާ ކާޑު އެސްޓީއޯއިން ދޯނިތަކަށް ބަރުކުރަން ވަނީ ފަށައިފަ. އެމުދާ ގޭބީސީ ތަކަށް ދޫކުރާނީ އެރަށެއްގެ ކައުންސިލުން
  • ކާޑު ދޫކުރުމުގައި ބަލާނީ ކޮންމެ ގޭބިސީއެއްގެ ވެސް ކަރަންޓު މީޓަރު ނަންބަރަށް، ކާޑު ބަލާ ދާ ކޮންމެ މީހަކު ވެސް އައިޑީކާޑު، ޕާސްޕޯޓު ނުވަތަ ޑްރައިވިން ލައިސަންސް ގެންދަން ޖެހޭނެ

މާލޭ ސަރަހައްދުގައި ކާޑު ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު މުދާ ދޫކުރުމަށެ ނިންމާފައިވަނީ ހެނދުނު 9:30އިން މެނދުރު 13:00 އަށެވެ. އަދި ރޭގަނޑު 21:00އިން 23:30 އަށެވެ.

އެސްޓީއޯ އިން ބުނީ މާލެ ސަރަހައްދުގައި ކާޑު ދޫކުރުމަށްޓަކައި ޖުމްލަ ހަ ތަނެއް ގާއިމުކޮށްފައިވާނެ ކަމަށެވެ. އެއީ:

  1. ގަލޮޅު ދަނޑު
  2. އާންމު ހިދުމަތްތަކާއި ބެހޭބައި (މާލެ ސިޓީ ކައުންސިލް)
  3. ސޯޝަލް ސެންޓަރު
  4. ބިއްރި މިސްކިތް ހޯލް - ވިލިމާލެ
  5. އުމަރު ޒާހިރު ބިލްޑިން - ހުޅުމާލެ ފޭސް-1
  6. ހިޔާ ފްލެޓް ޓަވަރު 10 ޔޫތް ސެންޓަރު - ހުޅުމާލެ ފޭސް-2

އެސްޓީއޯއިން މިކަން ކުރިއަށް ގެންދަނީ ސަރުކާރުގެ ވުޒާރާތަކާއި، ކައުންސިލްތަކާއި، އަދި ބައެއް ޖަމިއްޔާތަކާއި މަޝްވަރާކުރެވި ގިނަ ބައެއްގެ އެހީތެރިކަމުގެ މަތިންނެވެ.