Advertisement

ދިރާގުއިން ހާއްސަ ނެޓުވޯކިން އިވެންޓަކާއެކު އަންހެނުންގެ ދުވަސް ފާހަގަކޮށްފި

8 މާރިޗު 2024 - 21:33 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ނެޓުވޯކިން އިވެންޓުގެ ތެރެއިން -- ފޮޓޯ: ދިރާގު


ދިރާގުއިން ހާއްސަ ނެޓުވޯކިން އިވެންޓަކާއެކު އަންހެނުންގެ ދުވަސް ފާހަގަކޮށްފި

8 މާރިޗު 2024 - 21:33 0

މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ނެޓުވޯކިން އިވެންޓެއް އިއްޔެ ބާއްވައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި އެ ހަރަކާތް ކުރިއަށް ގެންދިޔައީ ދިރާގުގެ އަންހެން މުވައްޒަފުންނާއި ރާއްޖޭގެ އެކި ދާއިރާތަކުން ކުރިއަރާފައިވާ ފާހަގަކޮށްލެވޭ އަންހެނުންނާ އެކުގަ އެވެ.

އެ ހާއްސަ ނެޓުވޯކިން އިވެންޓު ބޭއްވީ 'ލީން އިން ސާކަލް' ނެޓުވޯކިން ގްރޫޕު މެތޮޑަށް ބިނާކޮށެވެ. އެއީ ދިރާގުގެ ޖެންޑާ އެކްޝަން ޕްލޭންގެ ދަށުން އެ ކުންފުނީގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މެންޓާޝިޕް ޕްރޮގްރާމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ މި ހާއްސަ އިވެންޓުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާ އެކު ގުޅުން ބަދަހިކޮށް، އެކަކު އަނެކަކުގެ ތަޖުރިބާތަކާއި ހިޔާލުތައް މަޝްވަރާ ކުރެވޭނެ ފަދަ ޕްލެޓުފޯމެއް މުވައްޒަފުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސައްކަތްކުރާ ދިރާގު މުވައްޒަފުންނާއި ހާއްސަ ގެސްޓުން އެ ހަރަކާތުގައި ވާޗުއަލްކޮށްވެސް ހަރަކާތުގައި ބައިވެރިވި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގުން ހާއްސަ ނެޓުވޯކިން އިވެންޓުގެ ތެރެއިން -- ފޮޓޯ: ދިރާގު


އެހަރަކާތުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި ޑިރެކްޓާ ލީގަލް އަދި ކޮމްޕެނީ ސެކްރެޓަރީ ހަޒްރަތް ރަޝީދު ހުސައިން ބައިވެރިވެވަޑައިގެން، ވާހަކަ ދެއްކެވި އެވެ. އެ ޕްލޭންގެ ދަށުން ދިރާގުން ދާދި ފަހުން ވަނީ 'ފެލްކްސި ވާކް' ޕޮލިސީ އަދި ރިޓާންޝިޕް ގައިޑްލައިން ތަޢާރަފްކޮށްފަ އެވެ.

ދިރާގުގެ ޖޫނިއާ މެނޭޖްމެންޓު މަގާމްތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން 46 އިންސައްތައަކީ އަންހެނުންނަށްވާއިރު، ޖުމްލަ ގޮތެއްގައި ދިރާގުގެ ޓެކުނިކަލް ރޯލްތަކުގައި ކުރިއަށްވުރެ ގިނަ އަންހެން މުވައްޒަފުން މިހާރު މަސައްކަތް ކުރެ އެވެ.

މި އަހަގެ ދިރާގު އެޕުރެންޓިސް ޕްރޮގްރާމުގެ ނު އަންހެން ބައިވެރިންގެ ތެރެއިން ފަސް ބައިވެރިން ދަނީ ޓެކްނިކަލް ރޯލްތަކުގައި ވަޒީފާގެ ތަޖުރިބާ ހޯދަމުންނެވެ.

ދިރާގުން އަބަދުވެސް ފާހަގަކުރަނީ މިންތީގެ ތަފާތު ކުރުމެއް ނެތް ކުރިއެރުމާއި ހުރިހާ ފަރާތްތަކަށްވެސް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދޭ އިންކްލޫސިވް ވަޒީފާގެ މާހައުލެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.