Advertisement

އެޗްޑީސީއިން ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތެއް ހުޅުވައިފި

7 މާރިޗު 2024 - 18:00 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެޗްޑީސީން ހުޅުމާލެ ފޭސް-2 ގައި ހުޅުވި ވަގުތީ މިސްކިތް -- ފޮޓޯ: އެޗްޑީސީ


އެޗްޑީސީއިން ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތެއް ހުޅުވައިފި

7 މާރިޗު 2024 - 18:00 0

ރޯދަ މަހަށް ހާއްސަކޮށްގެން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލެ ފޭސް 2 ގައި ވަގުތީ މިސްކިތެއް މިއަދު ހުޅުވައިފި އެވެ.

މަސްޖިދުލް ޝާކިރީންގެ ނަމުން ނަން ދެވިފައިވާ މި މިސްކިތް ގާއިމުކޮށްފައި ވަނީ ހުޅުމާލެ ފޭސް 2 ގެ ހިޔާ ޕާކު ސަރަހައްދުގަ އެވެ.

އެޗްޑީސީން ބުނީ މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިޔުމަށް ދުރު ސަރަހައްދަކަށް ދާން ޖެހުމުން ދިމާވާ ދަތިތަކަށް ހައްލު ގެނައުމަށް ގާއިމުކުރި މިސްކިތެއް ކަމަށެވެ.

މި މިސްކިތަކީ ޖުމްލަ 100 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މިސްކިތަކަށް ވާއިރު، މިސްކިތުގައި އަންހެނުންނަށް ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

އެޗްޑީސީން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ގިނަ ހިދުމަތްތައް ފޯރުކޮށްދެމުން ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.